ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-IM/1/2020/183
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 28 އޮކްޓޫބަރު 2020 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލުން

އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލުން

 

 

މި މިނިސްޓްރީގެ އިޢުލާން ނަންބަރު  (IUL)101-IM/1/2020/16 އަށް ހަވާލާދީ ދަންނަވަމެވެ.  ދުބާއި ގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ކޮވިޑް-19 އާއި ގުޅިގެން މިހާރު ވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައެވެ. ހަމަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.

 

ހަވާލާ ދެވިފައިވާ އިޢުލާންގައި ދަންނަވާފައިވާ ފަދައިން، މި ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެކްސްޕޯގައި ހިމެނޭ ވޯލްޑް މާރކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗުނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށްށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުއްވާދެއްވުން އެދެމެވެ. ނަން ހުށަހަޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަން 1 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ޖަހާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި (ބޮޑުތަކުރުފާރު މަގުގަ ހުންނަ އިމާރާތް) އޮންނާނެ ވާހަކަ ދަންނަވަމެވެ.

އަދި މި އިޢުލާންއާ އެކީގައިވާ ފޯމް ފުރިހަމަކުރުމަށް ފަހު 15 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected] އަށް އީމެއިލް  ކުރެއްވުން އެދެމެވެ.

 

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3333159 ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

19 އޮކްޓޫބަރު 2020

19 އޮކްޓޫބަރު 2020