ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)226-E/PRIV/2020/22
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 22 އޮކްޓޫބަރު 2020 00:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑުމާއިގުޅޭ

ކޮވިޑް-19 ރޯގާ ކުޅުދުއްފުށިން ފެނިފައިވާތީ، މިއިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން މިއިދާރާއިން ދެމުންއަންނަ ތިރީގައި މިދަންނަވާ ޚިދުމަތްތައް  19 އޮކްޓޫބަރު 2020 އިން ފެށިގެން 22 އޮކްޓޫބަރު 2020 އާ ހަމައަށް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމުގައި ދަންނަވަމެވެ.

1-    އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުން.

2-    އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުން.

3-    އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުން.

19 އޮކްޓޫބަރު 2020