މަސައްކަތް
ނަންބަރު: SWIM/2020/IULAANU/11
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 1723
ސުންގަޑި: 21 އޮކްޓޫބަރު 2020 2359
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކުރުން: 

  1. މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ހަދަން ބޭނުންވާތީވެ، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 އޮކްޓޫބަރު 19 ން 2020 އޮކްޓޫބަރު 21 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ލިންކު: https://forms.gle/GEBpSeAj9abJtgnp6
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020  އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނީ 2020 އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިންގ ޓްރެކްގައެވެ.
  5. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 (ވިހިހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައިސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފްމޯލްޑިވްސް

ޤައުމީ ފުޓްބޯޅަ ދަނޑު

ސަބްނަމް މަގު

ފޯން: 9947802، 3324229

އީ-މެއިލް: [email protected]

2020-10-18