ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/104
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 31 ޑިސެންބަރު 2020 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ އެއަރ ޕޯޓަށް ގަވައިދާ ހިލާފަށް ވަނުން މަނާ

ސެޑިއުލް ކުރެވިގެންނާއި ޗާރޓަރކޮށްގެން ކުޅުދުއްފުށީ އެއަރ ޕޯޓަށް ބޯޓް ޖައްސާގަޑިތަކާއި އަދި އެނޫންވެސް ގަޑިތަކުގައި ރަންވޭ ހިމެނޭ ސަރަހައްދަށް އާންމުން ވަދެ ނުކުމެވާކަމުގެ ޝަކުވާނީ އަންނަނީ ލިބެމުންނެވެ. އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުން ރަށްވޭ ހިމެނޭ ސަރަހައްދަށް ވަދެ ނުކުމެވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ކަންކަމަކީ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ހަނދާންކޮށް ނަސޭހަތްތެރިވަމަވެ. 

ވީމާ، ބޯޓް ޖައްސާ ސަރަހައްދަށް ޢާންމުން ވަދެ ނުކުމެ އުޅުމަކީ މަނާކަމެއްކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮކްޓޫބަރު 2020