ދިވެހިރާއްޖެ
އިޢުލާން
ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓް ބަނދަރަކާއި އެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިމިނިސްޓްރީއިން 04 އޮކްޓޫބަރު 2020 ގައި ކުރެވުނު ނަންބަރު (IUL)88-PS/1/2020/1 އިޢުލާނާއި 11 އޮކްޓޫބަރު 2020 ގައި ހުޅުވާލެވުނު ނަންބަރު (IUL)88-PS/88/2020/52 ބީލަން "އިންވިޓޭޝަން ފޯރ ބިޑްސް – (އައި.އެފް.ބީ)" އާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނާއި އައި.އެފް.ބީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް ޒޫމް މެދުވެރިކޮށެވެ. ޒޫމް ލިންކް ތިރީގައި އެވަނީ އެވެ.
ޒޫމް ލިންކް:
https://us02web.zoom.us/j/87564096577?pwd=VWwyT0VzSzRDT2FNaURieHhERDB0dz09
Meeting ID: 875 6409 6577
Passcode: 489613
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު (+960) 302 2207 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.