މަސައްކަތް
ނަންބަރު: (IUL)10-F/10/2020/47
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 20 އޮކްޓޫބަރު 2020 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޔޫ.އެން.އޯ.ޑީސީގެ ވެބްސައިޑުގައި ޝާއިރުކޮށްފައިވާ 3 ފޮތް މިމިނިސްޓްރީގެ ބޭނުމަށް ތަރުޖަމާކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                           ނަމްބަރ:  F10/10/2020/47

އިޢުލާން

          މި މިނިސްޓްރީގެ ބޭނުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް( ޔޫ.އެން. އޯ.ޑީ.ސީ ) ގެ ވެބްސައިޑުގައި ޝާއިއުކޮށްފައިވާ 3 ފޮތް އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1-     ހޭންޑް ބުކް އޮން މެނޭޖްމެންޓް އޮފް ހައި ރިސްކް ޕްރިޒަނަރސް

https://www.undoc.org/documents/justice and prison

reform/HB on High Risk Prisoners Ebook appr.pdf

2-     ހޭންޑް ބުކް އޮން ޑައިނަމިކް ސެކިއރިޓީ އެންޑް ޕްރިޒަން އިންޓެލިޖެންސް

https://www.undoc.org/documents/justice and prison

reform/UNODC Handbook on Dynamic Security and Prision Intelligence.pdf

3-     ހޭންޑް ބުކް އޮން މެނޭޖްމަންޓް އޮފް ވައިލަންޓް އެކްސްޓްރީމިސްޓް ޕްރިޒަނަރސް އެންޑް ޕްރިވެންޝަން އޮފް

ރެޑިކަލައިޒޭޝަން ޓު ވައިލެންސް އިން ޕްރިޒަންސް

https://www.undoc.org/pdf/criminaljustice/hand bookonVEPs.pdf

ވީމާ، މަތީގައި ދަންނަވާފައިވާ  3 ފޮތް އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް  [email protected] އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

 މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ރަޖިސްޓަރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

            އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 02 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.  އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

13 އޮކްޓޫބަރު 2020