މަސައްކަތް
ނަންބަރު: (IUL)10-F/10/2020/46
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 15 އޮކްޓޫބަރު 2020 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫގައި އިމާރާތް ކުރާ ޖަލު ހަދާ ސަރަހައްދުގެ އީ. އއއި.އޭ ރީޕޯޓް ހެދުމަށައ، އަދި އެސް.އައި.އޭ ހެދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                          ނަމްބަރ:  (IUL)10-F/10/2020/46

އިޢުލާން

          މި މިނިސްޓްރީގެ ފަރާތުން ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި މިނިސްޓްރީގެ ފަރާތުން ހދ. ނޭކުރެންދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ޖަލު ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް  [email protected] އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

 މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ރަޖިސްޓަރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 15 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

            އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.  އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. އަދި މި އިއުލާނާއި ގުޅިގެން ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލް އެވެ.

.

‏24 ޞަފަރު 1442

11 އޮކްޓޫބަރު 2020

 

12 އޮކްޓޫބަރު 2020