ތަމްރީނު
ނަންބަރު: (IUL)160-CS/1/2020/25
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 1407
ސުންގަޑި: 19 އޮކްޓޫބަރު 2020 1330
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފުވައްމުލަކު ގޮފި، ޤިރާއަތު ސެޓްފިކެޓް 1.

  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފުވައްމުލަކު ގޮފީގައި 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ކޯސް ހިންގާ ތަން:

  • ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފުވައްމުލަކު ގޮފި.

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        8 ހަފްތާ

ޖާގަ:          90

        ވީމާ، މިކޯހުގައި  ބައިވެރިވުމަށް އެދޭފޯމު 2020 އޮކްޓޯބަރ 12 ވާ ހޯމަ ދުވަހުން ފެށިގެން ޤުރުއާނާބެހޭ ޤައުމީ މަރުކަޒް ގެ ފުވައްމުލަކު ގޮފިން ލިބެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 އޮކްޓޯބަރ 19 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު ޤުރުއާނާބެހޭ ޤައުމީ މަރުކަޒް ގެ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުން އެދެމެވެ.

މި ކޯސްތަކަށް ހޮވޭ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެވާހަކަ ދަންނަވަމެވެ.

2020-10-12