މަސައްކަތް
ނަންބަރު: (IUL)23-AP/23/2020/150
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 19 އޮކްޓޫބަރު 2020 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ތ. ވިލުފުށި ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

         މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ތ. ވިލުފުށި ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 08 އޮކްޓޯބަރ  2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

21 ޞަފަރު 1442

08 އޮކްޓޫބަރު 2020