ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/1/2020/30
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 14 އޮކްޓޫބަރު 2020 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ ގްރެފިކް ޑިޒައިނަރ (ގްރޭޑް 1)

މި އިޢުލާންވަނީ 11 އޮކްޓޫބަރު 2020 12:08 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:                  ސީނިއަރ ގްރެފިކް ޑިޒައިނަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:            01 (އެކެއް)

މުސާރަ:                 -/9,500 ރުފިޔާ

ލިވިންގ އެލަވަންސް:         -/3,000 ރުފިޔާ

ރިސްކް އެލަވަންސް:          -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

(ހ) ސްޓެޓިސްޓިކަލް ޑޭޓާ ބޭނުންކޮށްގެން އިންފޯގްރެފިކްސްއާއި، ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ވިސުއަލްސް ތައްޔާރުކޮށް ޑިޒައިން ކުރުން

(ށ) މައްސަލަތަކާއި ގުޅިގެން ކޯޓަށް ހުށަހަޅާ އިންފޯގްރެފިކްސްއާއި، ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ވިޝުއަލްސް ޑިޒައިންކޮށް ތައްޔާރުކުރުން

(ނ) އޮފީހުން ހިންގާ އިވެންޓްތަކަށް ބޭނުންވާ  ގްރެފިކްސް މެޓީރިއަލްސް އާއި އާރޓްވޯރކް ތައްޔާރުކުރުން

(ރ) އޮފީހުންނެރޭ ލިޔެކިޔުންތަށް އަދި ފޮތްތަށް ޑިޒައިންކޮށް ބޭނުންވާ އިންފޯގްރެފިކްސް ތައްޔާރުކުރުމާއި، އޮފީހުގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ޑިޒައިން ކުރުން

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) މަޤާމަށް ބޭނުންވާ މަލްޓިމީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

(ށ) ޑިޒައިން ސޮފްޓްވެއަރތަކަށް (އެޑޯބް އިލަސްޓްރޭޓަރ، ޕްރިމިއަރ، ފޮޓޯޝޮޕް، ކޮރަލްޑްރޯ، އިންޑިޒައިން) އަހުލުވެރިވުން

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 14 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

2- ވަނަވަރު

3- ދރއ. ކާޑުގެ ކޮޕީ

4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

                  20 ޞަފަރު 1442

07 އޮކްޓޫބަރު 2020