ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2020/40
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 1149
ސުންގަޑި: 28 އޮކްޓޫބަރު 2020 1400
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ތަމްރީނާއި އުނގެނުމުގެ ފުރުޞަތު

ރާއްޖޭން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

   2021 ޖޫން 01 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަންނަވާ ކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ކޯހަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާރޑް އެކެޑަމީ (ޔޫ.އެސް.ސީ.ޖީ.އޭ) ކްލާސް އޮފް 2025

ޖާގައިގެ ޢަދަދު:

06 (ހައެއް)

އިންސްޓިޓިއުޓް / ޤައުމު:

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާރޑް އެކެޑަމީ /އެމެރިކާ

ކޯސް ފެށޭ ތާރީޚު:

01 ޖޫން 2021

މުއްދަތު:

04 (ހަތަރެއް) އަހަރު

ކޯހުގެ ބާވަތް:

ކޯސްޓްގާރޑް

ކޯހުން ހާސިލުވާނެ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

 

1. ސިވިލް އިންޖިނިއަރިންގ

2. މެކޭނިކަލް އިންޖިނިއަރިންގ

 

3. އިލެކްޓްރިކަލް އިންޖިނިއަރިންގ

4. ނޭވަލް އާރކިޓެކްޗަރ

 

5. މެނޭޖްމަންޓް

6. އޮޕަރޭޝަންސް ރިސަރޗް

 

7. މެރިން އެންޑް އެންވަޔަރަމަންޓަލް ސައިންސް

8. ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް

 

9. ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް

 

  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއިބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.cga.edu/ އިން ލިބިލައްވާނެ.

ޝަރުޠު:

  • 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހާޔާތެއް ފަށާފައިނުވާ ފަރާތެއްކަމުގައިވުން.
  • އޭލެވެލް ހަދާފައިވާ ނުވަތަ އޭލެވެލް އާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ހަދާފައިވާ ފަރާތެއްކަމުގައިވުން. (މިޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއްކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި:

މި ކޯހަށް ޝަރުތުހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޯބަރު 28 ވަނަ ދުވަހު އޮފީސް ބަންދުވުމުގެކުރިން އެމް.އެން.ޑީ.އެފް ޑައިރެކްޓަރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ، އީ-މެއިލް [email protected] އަށް އީ- މެއިލް ކުރެއްވުން އެދެމެވެ.

  • ކޯސް އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ކޯހާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓަރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު: 3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް 9871235 އަށް ގުޅުއްވުން އެދެމެވެ.
2020-10-04