ޢާންމު މަޢުލޫމާތު
ނަންބަރު: IUL/TMCL-ADMIN/2020/01
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 06 އޮކްޓޫބަރު 2020 14:00
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީ އެއް ގާއިމް ކުރުން

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ވެންޑަރ ރަޖިސްޓްރީ އެއް ގާއިމް ކުރުމާ ގުޅޭ

 

މި ކުންފުނީގެ ބޭނުމަށް ގަންނަން ޖެހޭ ތަކެތި ގަތުމަށް އަދި ޚިދުމަތް ހޯދުމަށް ފަސޭހަ ވާނޭ ގޮތެއް ހޯދުމުގެ ގޮތުންނާއި، ގިނަ ފަރާތްތަކަށް ފުރުސަތު ލިބޭނޭ ގޮތަށް ހުޅުވާލައިގެން އަގު ބެލުމަށްޓަކައި އަދި ވެންޑަރ ތަކާއި އޮންނަ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން، މި ކުންފުނިން ވަނީ ވެންޑަރ ރަޖިސްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައެވެ.

އެހެން ކަމުން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ވެސް މި ރެޖިސްޓްރީ ގައި ހިމެނުމަށް ދައުވަތު ދެމެވެ. ރަޖިސްޓަރ ވުމަށް ހުށަހަޅަންޖެހޭ "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް މި އިޢުލާންގައިވާ އެޓޭޗްމަންޓް ޑައުންލޯޑް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.

ފޯމް ތިރީގައިވާ އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

[email protected]

01 އޮކްޓޫބަރު 2020