މަސައްކަތް
ނަންބަރު: F-2020-128
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 04 އޮކްޓޫބަރު 2020 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބު ފޮތުގެ ލޭޔައުޓްހަދައި ނަމޫނާ ފޮތެއް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

މި ޑިޕާޓްމަންޓަށް 2019 ވަނައަހަރުގެ ޝަރްޢީ ދާއިރާގެ ތަފާސް ހިސާބު ފޮތުގެ ލޭޔައުޓް ހަދައި ނަމޫނާ ފޮތެއް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމާގުޅޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ ކުދިމަރާމާތާއި އަދި އެހެނިހެން ޕްރޮކިއުމަންޓްގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޫބަރ 04 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓްގެ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 އޮކްޓޫބަރ 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަނޑިއަށް މިޑިޕާޓްމަންޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

30 ސެޕްޓެންބަރު 2020