ތަމްރީނު
ނަންބަރު: (IUL)475-Schol/475/2020/139
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 28 ސެޕްޓެންބަރު 2020 10:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 2020

އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 2020

ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސް (ނަމްސް)

ޔުނިވަރސިޓީ:

ނޭޕާލް

ޤައުމު:

ޑީއެމް/އެމްސީއެޗް

1 އެމްސީއެޗް ނިއުރޯސާރޖަރީ

1 އެމްސީއެޗް ޔޫރޮލޮޖީ

1 ޑީއެމް ގެސްޓްރޯއެންޓްރޮލޮޖީ

1 އެމްސީއެޗް ޕްލާސްޓިސް އެންޑް ރިކޮންސްޓްރަކްޓިވް ސާރޖަރީ

1 ޑީއެމް ހެޕަޓޮލޮޖީ

1 ޑީއެމް މެޑިކަލް އޮންކޮލޮޖީ

1 އެމްސީއެޗް ތޮރަސިކް ވަސްކިއުލަރ ސާރޖަރީ

 

އެމްޑީ/އެމްއެސް/އެމްޑީއެސް

1 އެނެސްތެސިއޮލޮޖީ

1 ޑާރމަޓޮލޮޖީ

1 ޖެނެރަލް ޕްރެކްޓިސް

1 ޖެނެރަލް ސާރޖަރީ

1 އިންޓަރނަލް މެޑިސިން

1 އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ

1 އޮފްތަލްމޮލޮޖީ

1 އޯރތޮޕީޑިކްސް އެންޑް ޓްރައުމާ ސާރޖަރީ

1 ޕީޑިއެޓްރިކްސް

1 ރޭޑިއޭޝަން އޮންޖޮލޮޖީ

1 އޯއާރއެލް އެންޑް އީއެންޓީ

1 ސައިކިއެޓްރީ

ކޯހުގެ ލެވެލް އަދި ޢަދަދު:

 

* އެމް.ބީ.ބީ.އެސް ހާސިލުކުރައްވައި އިންޓަރންޝިޕް ފުރިހަމަކުރައްވާފައިވުން.

* އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކުރައްވާފައިވުން.

* އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށް މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު 01 އޮކްޓޯބަރ 2020 ގެ ނިޔަލަށް މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުން

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

5. އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެލައްވާފައިވާކަން އަންގައިދޭ ލިޔުން.

6. އެމް.ބީ.ބީ.އެސް އަދި އިންޓަރންޝިޕް ފުރިހަމަކުރެއްވުމަށްފަހު ޚިދުމަތްކުރައްވާފައިވާ ތަންތަނާއި މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.

6. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މިސްކީމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރުމުގައި އިސްކަންދޭން ހަމަޖެހިފައިވަނީ މިއިޢުލާންގައި ބަޔާންކޮށްފައިވާ ކޯހުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު ސަރުކާރުގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒެއްގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ. މިގޮތުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ކޯހަށް އެއްކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ޚިދުމަތްގެ މުއްދަތު އެއްވަރުވެއްޖެނަމަ، އެކޯހަކަށް ކެންޑިޑޭޓެއް ނޮމިނޭޓްކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތެވެ.

* ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ޚިދުމަތްކުރާ ފަރާތެއް ކޯހަކަށް ކުރިމަތިލާފައިނުވާނަމަ، އެކޯހަކަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އިސްކަންދޭން ހަމަޖެހިފައިވަނީ މިއިޢުލާންގައި ބަޔާންކޮށްފައިވާ ކޯހުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒެއްގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ. މިގޮތުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ކޯހަށް އެއްކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ޚިދުމަތްކޮށްފައިވާ މުއްދަތު އެއްވަރުވެއްޖެނަމަ، އެކޯހަކަށް ކެންޑިޑޭޓެއް ނޮމިނޭޓްކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތެވެ.

* މިޖާގަތަކަކީ ދިވެހި ސަރުކާރު މެދުވެރިކޮށް ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ލިބިފައިވާ ޖާގަތަކެއް ކަމުގައިވާތީ، ކޯހަށް ފުރުޞަތު ލިބިއްޖެނަމަ ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް 2 އަހަރު ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.

* މިމިނިސްޓްރީގެ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޕޯސްޓްގްރެޖުއޭޓް މެޑިސިން ހެދުމަށް ހޮވިފައިވާ ފަރާތްތަކަށްވެސް މި ފުރުޞަތުތަކަށް ކުރިމަތިލެވޭނެއެވެ.

* މިސްކީމްގެ ދަށުން ކޯހުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

* މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

*  ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

* އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

* ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިމިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ހުންނާނެއެވެ.

* ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ.  އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

* އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

* މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއް ނުދެވޭނެއެވެ.

* ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

* ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

* "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

* އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

* ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

2020 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން

* މިސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން މިސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. އެހެންކަމުން މިއިޢުލާނާއި ގުޅިގެން ކުރިމަތިލުމަށް ދެވޭ ސުންގަޑި ކުރު ކުރަން ޖެހުނީއެވެ.

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 ސެޕްޓެންބަރު 2020