މަސައްކަތް
ނަންބަރު: (IUL)196-C/1/2020/23
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 01 އޮކްޓޫބަރު 2020 11:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީހުގައި ބޭނުންކުރަމުންދާ ފަޔަރވޯލްގެ ލައިސަންސް 1 (އެކެއް) އަހަރު މުއްދަތަށް އައުކޮށްދޭނެ ފަރާތެއް ހޯދަން

ނަންބަރު: IUL)196-C/1/2020/23)

 

އިޢުލާން

މިއޮފީހުގައި ބޭނުންކުރަމުންދާ ފަޔަރވޯލްގެ ލައިސަންސް 1 (އެކެއް) އަހަރު މުއްދަތަށް އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ފަޔަރވޯލް މޮޑެލް: ފޯރޓިގޭޓް 300E

ޕާރޓް ނަންބަރު:  FG3H0E5819903259

މިމަސައްކަތް ކުރަންޖެހޭ ތާރީޚް: 15 ނޮވެންބަރު 2020

އަގު ހުށަހަޅުއްވަންޖެހޭ ގޮތް:

1-     މަސައްކަތަށް ދާނެ ޖުމްލަ އަގު ވަކިން އިނގޭގޮތަށް ފާހަގަ ކޮށްފައި އޮތުން.

2-     އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

އަންދާސީ ހިސާބު އެކު ހުށަހަޅަންޖެހޭ ލިއުންތަށް:

1-     ކުންފުޏެއް ނުވަތަ ލޯކަލް އިންވެސްމަންޓެއް ނަމަ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

2-     އަމިލްލަ ފަރާތަކުން ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-     ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ/ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ހުޖެހޭ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުން.

4-     ތަޖުރިބާ ދައްކައިދޭ ލިޔުން (ތަޖުރިބާގެ ގޮތުގައި ގުނާނީ ވޭތުވެދިޔަ 5 އަހަރުތެރޭގައި، މިދާއިރާއިން ދައުލަތުގެ އިދާރާއަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ސަރުކާރުގެ ޙިއްސާވާ ކުންފުންނިތަކުން މަސައްކަތްކޮށް ނިންމާ އެކަން އަންގައިދީ ދީފައިވާ ލިޔުމެވެ.)

 

 

މާކުސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

އަގަށް :   %85 (އެންމެ ކުޑަ އަގަކަށް އެންމެ ގިނަ ޕޮއިންޓް)

ތަޖްރިބާއަށް: (އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)   

 

ބީލަމުގައި އަމަލުކުރާނޭ އުސޫލް

1-     އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއޮފީހުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ސެކްޝަންގެ ނަންބަރު 3023145 ގުޅުވުން ނުވަތަ [email protected] އަށް މެއިލް ކޮށްލެއްވުން އެދެމެވެ.

2-     ބީލަން ހުޅުވާނީ ބީލަން ހުޅުވަން ހަމަޖައްސާފައިވާ ގަޑިއަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. ކަނޑައެޅިފައިވާ ގަނޑިއަށްވުރެ ލަހުން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

 

       ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 އޮކްޓޫބަރު 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

04 ޞަފަރު 1442

21 ސެޕްޓެންބަރު 2020