ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-U03/468/2020/169
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 27 ސެޕްޓެންބަރު 2020 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިންނާއެކު ވެވޭ ކޮންޓްރެކްޓް ފާމިންގއާއި ގުޅޭ:

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުސަތު މިސިޓީގެ ދަނޑުވެރިންނަށްވަނީ ހުޅުވާލާފައެވެ.

މިމަޝްރޫއުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ މައިގަނޑު 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ތެރެއިން އެކުންފުނިން ގަންނަމުންދާނެއެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީއެހީތެރިކަންވެސް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގައި ބައިވެރިވުމަށް އެދި ވަޑައިގަންނަވަން ބޭނުންވާ މިސިޓީގެ ދަނޑުވެރިންނަށް 27 ސެޕްޓެންބަރ 2020 ވާ ބުދަ ނިޔަލަށް އެފުރުސަތުވަނީ ހުޅުވާލާފައެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://docs.google.com/forms/d/1pv5SPd-KJ7bc7bXFTCib3XdPDInmelbLH8Yxb5_Hdlo/prefill

ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރީނުކުރެވޭ ފަރާތްތަކުން ކައުންސިލްގެ ނަންބަރ 6865001 އަށް ގުޅައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

 ކޮންޓްރެކްޓް ފާމިންއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަންބަރ 7902191 ނުވަތަ ސީޓީ ކައުންސިލްގެ ނަންބަރ 7981676 އަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2020