ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-M/10/2020/42
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 28 ސެޕްޓެންބަރު 2020 14:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް މުއްދަތު އިތުރުކުރުން

` 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

 މާލެ، ދިވެހިރާއްޖެ.

(IUL)10-M/10/2020/42:ނަންބަރު

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް މުއްދަތު އިތުރުކުރުން

          ޤާނޫނު ނަންބަރު 2008/15(މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެންބަރު 2020 ގެނިޔަލަށް ހަމަވާތީ، މި ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަށް ބޭނުންވެއެވެ. ހުސްވެފައިވާ މަޤާމުތަކަށް ކެންޑިޑޭޓުން ނަން ހުށަހެޅުމަށް މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު IUL)10-M/10/2020/40) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ މަޤާމުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، އިޢުލާންކުރަމެވެ.

         މީޑިއާ ކައުންސިލަށް ޢައްޔަންކުރަން ބޭނުންވަނީ މީޑިއާ ތަމްސީލުކުރާ 7 (ހަތެއް( މެންބަރުންނާއި އާންމު 6 (ހައެއް) މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

          ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ.

          މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ)  ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި ، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

          ވީމާ، މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން 28 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައިވާ، "ޖަދުވަލު 1 :މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގެ އީމެއިލް [email protected] އަށް ހުށަހެޅުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔެކިޔުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

          އަދި ދަންނަވަމެވެ. މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، މިމިނިސްޓްރީގެ އިޢުލާނު ނަންބަރު:IUL)10-M/10/2020/40) އިޢުލާނާ ހަވާލާދީ މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުންވެސް ފޯމާއި ލިޔެކިޔުންތައް އަލުން ހުށަހެޅުއްވުން އެދެމެވެ.

04 ޞަފަރު 1442

21 ސެޕްޓެންބަރު 2020