ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-A3/1/2020/34
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:25
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޑިޖިޓަލް / އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމާބެހޭ

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް / އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން އަންގަވާފައެވެ.  

ވުމާއެކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ 2020 އޮކްޓޯބަރު 01 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ ކަސްޓަމްސް ޕޯޓަލް ، ކަސްޓަމްސް ޕޭ ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. އަދި ޕޯޓަލް މެދުވެރިކޮށް ދައްކަވާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އެމް.އާރު.ޓީ.ޖީ.އެސް ހެދުމަށް އެދޭ ފޯމް މިއޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިގޮތަށް ހަމަޖެހުމުން ކޮވިޑް-19 އާއިގުޅިގެން ފައިސާ ދެއްކުމަށް ބޭނުންކުރަމުންގެންދިޔަ ބޭންކް ޓްރާންސްފަރގެ ޚިދުމަތް 2020 އޮކްޓޯބަރު 01 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެއެވެ.

21 ސެޕްޓެންބަރު 2020