ކުއްޔަށް ހިފުން
ނަންބަރު: 116-F3/IFB/2020/17
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 24 ސެޕްޓެންބަރު 2020 10:15
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމް.އޭ.ސީ.އެލްގެ 'އެއަރޕޯޓް މެޑިކަލް ކްލިނިކް' ސެޓަޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމް.އޭ.ސީ.އެލްގެ 'އެއަރޕޯޓް މެޑިކަލް ކްލިނިކް' ސެޓަޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

   މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، އެމް.އޭ.ސީ.އެލްގެ 'އެއަރޕޯޓް މެޑިކަލް ކްލިނިކް' ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން، މިކަމަށް ހޮވޭ ފަރާތެއް، ގާނޫނުތަކާއި ގަވާއިދުތަކާއި އަދި މިކުންފުނިންދީފައި ހުރި އިރުޝާދުތަކާއި އެއްގޮތަށް 'އެއަރޕޯޓް މެޑިކަލް ކްލިނިކް' ސެޓަޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކޮށް ހިންގަންވާނެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރު ކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ "ހެލްތްކެއާރ ސާވިސް ޕްރޮވައިޑަރ"އަކަށް (ކްލިނިކް/ހޮސްޕިޓަލް އޮޕަރޭޓަރަކަށް) ވާންވާނެެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮކްޓޫބަރު 13 ވާ އަންގާރަދުވަހުގެ ހެދުނު 10:15 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 13 ވާ އަނަގާރަދުވަހުގެ ހެދުނު 10:15 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

17 ސެޕްޓެންބަރު 2020