މަސައްކަތް
ނަންބަރު: FNK-I/IUL/2020/160
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 23 ސެޕްޓެންބަރު 2020 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސާވަރ ރޫމްގައި އެރޮސޮލް ފަޔަރ ސަޕްރެސަން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2020/160

 

އިޢުލާން

ސާވަރ ރޫމްގައި އެރޮސޮލް ފަޔަރ ސަޕްރެސަން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތާއި ގުޅޭ:

 

            މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް ސާވަރ ރޫމްގައި އެރޮސޮލް ސަޕްރެސަން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

23 ސެޕްޓެމްބަރ 2020

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

01 އޮކްޓޫބަރ 2020

10:00 ހެނދުނު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް ރަޖިސްޓަރ ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

                                                               

 

 

                                                                                                   

17 ސެޕްޓެންބަރު 2020