ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2020/161
އިޢުލާން
ފައިނޭންޝިއަލް ޑެމޭޖް އެސެސްމެންޓް ރިޕޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް ފައިނޭންޝިއަލް ޑެމޭޖް އެސެސްމެންޓް ރިޕޯޓެއް، 10 (ދިހައެއް) ދުވަސް ތެރޭގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.
|
|
ތާރީޚް |
ވަގުތު |
|
މައުލޫމާތު ސެޝަން |
22 ސެޕްޓެމްބަރ 2020 |
13:00 މެންދުރު |
|
އަންދާސީ ހިސާބު ހުށަހެޅުން |
01 އޮކްޓޯބަރ 2020 |
13:00 މެންދުރު |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް ރަޖިސްޓަރ ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.