ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)314-SS/314/2020/4
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 28 ސެޕްޓެންބަރު 2020 11:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫ ވޮލީކޯޓްގެ ޕިޗް އެޅުމާއި ގުޅޭ

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives

                                             

                                                            ނަންބަރ: (IUL)314-SS/314/2020/4

އިޢުލާން

އަންދާސީ ހިސާބު ހޯދުން

      1. މިރަށު ވޮލީކޯޓް ޒަމާނީ ފެންވަރަކަށް ތައްޔާރު ކުރުމުގެ ގޮތުން ވޮލީކޯޓްގެ ޕިޗް އެޅުމަށާއި، ލައިޓް ޕޯސްޓްތައް ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓްކުރާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ބޭނުންވާ ތަކެކެއްޗަކީ، ހިލަ، ހިލަވެލި، ދަގަނޑު،ސިމެންތި، ސަޓަރިން ފިލާ އަދި ދަގަނޑު ބަންނަ ނަރެވެ.

      2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 23 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން  ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

      3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 ސެޕްޓެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

      4. މި މަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރެޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.

      5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ސެޕްޓެމްބަރ 2020ވާ ހޯމަ ދުވަހުގެ 11.00 ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ވޮލީކޯޓް އެޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

             މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ  ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ

29 މުޙައްރަމް 1442

                                              17 ސެޕްޓެމްބަރު 2020  

17 ސެޕްޓެންބަރު 2020