ދިވެހިރާއްޖެ
2020 އޮކްޓޯބަރ، ނޮވެމްބަރ، ޑިސެމްބަރ (3 މަސް ދުވަހަށް) މިސްކިތްތަކުގައި ވޭޖު އުޞޫލުން މަސައްކަތް ކުރާނެ ވަގުތީ މުވައްޒަފުން ވަނީ ބޭނުންވެފައެވެ.
| މަޤާމް | މަސައްކަތު | ||
| މަޤާމް އޮތް އޮފީސް: | މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ | ||
| މަސައްކަތް ކުރަންޖެހޭ ތަން: | މުލަކު މިސްކިތްތައް | ||
| ބޭނުންވާ ޢަދަދު | 03 (ތިނެއް) | ||
| އުޖޫރަ | ކޮންމެ ނަމާދު ވަގުތަކަށް (ގަޑިއަކަށް) 45.00ރ (ސާޅީސް ފަސް ރުފިޔާ) | ||
| މަޤާމުގެ މަސްޢޫލިއްޔަތު: | 1. ރަށުކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި މަސައްކަތްކުރުން. 2. މިސްކިތު މަސައްކަތު މީހުން ޢަމަލުކުމަށް ކަނޑައާޅުއްވާފައިވާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފްކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފްކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.) 3. ފަރުޟު ކޮންމެ ނަމާދު ވަގުތަކަށާއި، ޢީދުނަމާދު، ކޭތަނަމާދު، ތަރާވީޙްނަމާދު ވަގުތުގައި މިސްކިތަށް ޙާޟިރުވުން. 4. މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފްކުރުން. 5. ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފްކުރުން. އދި ހޮޅިބުރިތަކާއި ފަންކާތައް ކޮންމެ ނަމާދު ދިއްލުމާއި ނިއްވުން. 6. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަޥައިދުން މުދިމް/ އިމާމަށާއި، ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން. 10. މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން. 11. މިސްކިތާއި ބެހޭގޮތުން ރައްޔަތުން ކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ރަށުކައުންސިލް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން. 12. ރަށުކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން. | ||
| މަޤާމުގެ ޝަރުޠު: | ލިޔަންކިޔަން އެނގުން. (ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 05 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.) | ||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. | ||
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ސެޕްޓޭމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މ. މުލަކު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުން ތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ އެވެ. | ||
| އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2020 ސެޕްޓޭމްބަރ 28 އާއި 29 އާއި ދެމެދު މ. މުލަކު ކައުންސިލް އިދާރާގަ އެވެ. | ||
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ | މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާ އަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %35 (ތިރީސް ފަސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެ އެވެ. | ||
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720601 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | ||