ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2020/276
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 08:07
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ ސަހަރާފަންނުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައާއި ގުޅޭ

އިޢުލާން

ޤަވާއިދު ނަންބަރު 2019/R-980 (ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު) ގެ 09 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް 07 ސެޕްޓެމްބަރ 2020 ވަނަ ދުވަހު  ސ.ހިތަދޫ ސަހަރާފަންނުން ވެލި ނަގާފައިވާތީ، މި ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ގއ. ކަނޑުހުޅުދޫ ފޫހިވާގެ، އަޙްމަދު ސިރާޖް -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވުނު ވާހަކަ ދެންނެވީމެވެ. އަދި މިފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ ހިތަދޫ އަވަށު އޮފީހަށް 10 ދުވަސް ތެރޭ ދެއްކުމަށް އަންގަމެވެ.

މިއެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ. ވީމާ، މިވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

26 މުޙައްރަމް 1441

14 ސެޕްޓެންބަރު 2020