ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2020/59
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:07
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމާއިގުޅޭ

އިޢުލާން

 

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމާއިގުޅޭ

 

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށް ވެފައި، 2020 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާތީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 24 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، 1 (އެކެއް) އަހަރު ދުވަސް އިތުރު ކޮށްދީފައިވާ ކަމުގައި ދަންނަވަމެވެ.

 

26 މުޙައްރަމް 1442

14 ސެޕްޓެންބަރު 2020