މަސައްކަތް
ނަންބަރު: 123-A/IUL/2020/35
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 22 ސެޕްޓެންބަރު 2020 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ބައެއް ޕާޓީޝަންތައް ނައްޓާލުމާއި، އަލަށް ޕާޓީޝަންތައް ހަރުކުރުމާއި ކަބަޑު ސެޓުތަކެއް ހެދުމާއި ކަރަންޓް ވަޔަރުކުރުން އަދި ނެޓްވޯކް އެޅުމުގެ މަސައްކަތް


123-A/IUL/2020/35

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ކޮމިޝަނުގެ ހިންގުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ހ.ސަކީނާ މަންޒިލުގެ 3,4,5,6 އަދި 8 ވަނަ ފަންގިފިލާގައި ކޮމިޝަނުންދޭ ކުރެހުމާއި އެއްގޮތަށް ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރަން ބޭނުންވެގެން ކުރި ނަންބަރު: 123-A/IUL/2020/27 (05 އޮގަސްޓް 2020) އިޢުލާނުގައި ހިމެނޭ ކެޓެގަރީ: 01 (މިހާރު ހުރި ބައެއް ޕާޓީޝަންތައް ނައްޓާލުމާއި، އަލަށް ޕާޓީޝަންތައް ހަރުކުރުމާއި  ކަބަޑު ސެޓުތަކެއް ހެދުމާއި ކަރަންޓް ވަޔަރުކުރުން އަދި ނެޓްވޯކް އެޅުމުގެ މަސައްކަތް) ގައި ބަޔާންކޮށްފައިވާ މަސައްކަތުގެ ބިޑިންގ ޕްރޮސެސް ބާތިލުކުރުމަށް ނިންމާފައިވާތީ، ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 15  ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ސެޕްޓެންބަރު  22   ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުންތައް މި އިޢުލާނާއި އެއްހީރަސް ކުރެވިފައިވާނެއެވެ.  

25 ޞަފަރު    1442

13 ސެޕްޓެންބަރު 2020

13 ސެޕްޓެންބަރު 2020