ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)263/263/2020/58
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:48
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުން ކުރުމާއި ގުޅޭ

       ބަނދަރު ބޭނުން ކުރާއިރު ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ، ނެއްލައިދޫ ބަނދަރު ބޮޑުކުމުގެ މަސައްކަތް ނިމުމާހަމަޔަށް މިދަންނަވާ ގޮތައް އަމަލު ކުރުމަށް ނެއްލައިދޫގެ ބަނދަރު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

  1. ބަނދަރުގެ އެއްވެސް ސިޑިއެއް ބޭނުން ނުކުރެވޭގޮތައް އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.
  2. މުދާ އަރުވާ ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަޚައްދަކީ ބަނދަރު އުތުރު ސިޑިން ފެށިގެން އުތުރަށްވާ ސަރަޚައްދެވެ.
  3. މުދާ އަރުވާ ބޭލުމަށް ޙާއްސަ ކުރެވިފައިވާ ސަރަޚައްދުގައި 12 ގަޑި އިރަށްވުރެ އިތުރަށް އޮންނަ ކޮންމެ 12 ގަޑި އިރަކަށް 200 ރުފިޔާ ނެގޭނެއެވެ.
  4. މުދާ ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަޚައްދަށް މުދާބާލާ ނިމުމުން އެ ސަރަޚައްދުން އުޅަނދު ނަގަންވާނެއެވެ.
  5. ބަނދަރުގައި ބަހައްޓާ މުދާ 48 ގަޑިއިރު ތެރޭ ބަނދަރު ގެންދަން ވާނެއެވެ.

 

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

 

13 ސެޕްޓެންބަރު 2020