ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-HRD/IUL/2020/11
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 15 އޮކްޓޫބަރު 2020 15:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު: ޕޮލިސް ކޮންސްޓަބަލް

އަދަދު: 30

މުސާރައާއި އެހެނިހެން ޢިނާޔަތްތައް؛

- އަސާސީ މުސާރަ: -/4،650 ރުފިޔާ،

- ސަރވިސް އެލަވަންސް: -/5,000 ރުފިޔާ،

- ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ 40 އިންސައްތަ (-/1،860 ރުފިޔާ)،

- ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ،

- ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ - އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ - އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް - އަސާސީ މުސާރައިގެ 20 އިންސައްތަ) އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.

މަސްޢޫލިއްޔަތާއި ވާޖިބު:
- ފުލުހުންގެ ޤާނޫނު (5/2008) ގެ 6 އަދި 7 ވަނަ މާއްދާގައި ފުލުހަކު އަދާކުރުމަށް ކަނޑައަޅާފައިވާ މަސްޢޫލިއްޔަތާއި ވާޖިބުތައް

ޝަރުޠުތައް:
- ތަޢުލީމީ ފެންވަރު: ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވެފައިވާ ފަރާތެއްކަމުގައިވުން،

- އިސްކޮޅު: ފިރިހެން، އިސްކޮޅުގައި 5 ފޫޓް 1 އިންޗި އަދި އަންހެން، އިސްކޮޅުގައި 4 ފޫޓް 8 އިންޗިއަށްވުރެ ކުރުނުވުން،

އުމުރު: މީލާދީ ގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

އެހެނިހެން ޝަރުތުތައް:

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއްކަމުގައިނުވުން،

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްނުވުން،

- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިކުރުން،

- ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން.

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

- އަންހެން ކެންޑިޑޭޓުންނަށް،

- މިލަދުންމަޑުލު ދެކުނުބުރި ނޫނީ މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން:

- ބެކްގްރައުންޑް އެސެސްމެންޓް،

- ފިޒިކަލް ފިޓްނަސް ޓެސްޓް،

- ފެތުމުގެ ޓެސްޓް،

- އެޕްޓިޓިއުޑް ޓެސްޓް،

- އިންޓަރވިއު، އަދި

- މެޑިކަލް އެގްޒަމިނޭޝަން.

މަސައްކަތްކުރަންޖެހޭ ތަން:. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ ކޮންމެ ރަށެއްގައި.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ)،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސަންސް ކޮޕީ،

- އެހެން ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2020 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް މެއިލްކުރުން ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 15:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ.

މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ. އަދި އަތޮޅުތެރޭގައި މަސައްކަތްކުރުމަށް ޝައުގުވެރިވެ ފޯމް ހުށަހަޅާ ފަރާތްތަކުގެ، ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަތޮޅު ތެރޭގައެވެ.

21  މުޙައްރަމް  1422

09 ސެޕްޓެންބަރު 2020

09 ސެޕްޓެންބަރު 2020