ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-M/403/2020/145
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 1224
ސުންގަޑި: 17 ސެޕްޓެންބަރު 2020 1300
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ          

      ދިވެހިރާއްޖެ         

 

 ނަންބަރ: (IUL)403-M/403/2020/145

އިޢުލާނު

ވަޒީފާގެ ފުރުޞަތު:  

         ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-284876

 

ބޭނުންވާ ޢަދަދު:

1

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް 4

 

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

 

މުސާރަ:

5020.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ   

ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. އިދާރާގެ ޕްރޮކިއުމެންޓާއި ގުޅޭ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤަވައިދާއި އެއްގޮތަށް ކުރުމާއި، ލިޔެކިޔުންތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން

2.  ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުކުރު ޙުތުބާ ޕްރިންޓުކޮށް ހުކުރު ކުރުމަށް އިމާމުން ހަމަޖައްސާ އެފަރާތްތަކާއި ޙުތުބާ ޙަވާލުކުރުމާއި، އަދި އީދު ނަމާދާއި، ކޭތަނަމާދު ކުރުމަށްވެސް އިމާމުން ހަމަޖައްސާ ޙުތުބާ ޙަވާލުކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ކުރުން  

3. އިދާރާއަށް ލިބޭ ސިޓީ، މެސެޖް، ސަރކިއުލަރ، ފޯމް ފަދަ އެންމެހާ ލިޔުންތައް ބަލައިގަނެ  އެންޓްރީ ކުރުމާއި، ޙަވާލުކުރަންޖެހޭ ސެކުޝަންތަކަށް ލިޔުންތައް ޙަވާލުކުރުމާއި، މެއިލް ޗެކުކުރުމާއި، މެއިލްއަށް އަންނަ ލިޔުންތައް ވަގުތުން ބަލާ ޕްރިންޓުކޮށް އެންޓްރީ ކުރަންޖެހޭ ލިއުމެއްނަމަ އެންޓްރީކުރުމަށް ފަހު ޖަވާބު ދިނުމަށް ޙަވާލުކުރަންޖެހޭ ސެކުޝަނަކާއި ޙަވާލުކުރުން

 

 

4. ކައުންސިލު އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް (ސިޓީ، މެސެޖް، އިޢުލާން، ނޯޓް) ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން

5. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

6. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

7. އޮފީހާއި ރައްޔިތުންގެ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، ނީލަން ކިޔުމުގައި އިސްވެ ޙަރަކާތްތެރިވުން

8. އިދާރާ ހުޅުވާ ލެއްޕުމުގެ ޑިއުޓީ ރޯސްޓަރ މަހުންމަހަށް ހަދާ މުވައްޒަފުންނާއި ހަވާލުކުރުން

9. ޕާފޯރމަންސް އިންޑަކުސްއަށް ބޭނުންވާ މަޢުލޫމާތު ހޯދާ ފޯމް ފުރިހަމަ ކުރުމަށް ފަހު ފޮނުވަންޖެހޭ ތާރީހަށް ފޮނުވުމުގައި ޢަމަލީގޮތުން ބައިވެރިވެ އެމަސައްކަތް ކުރުން

10. އަރުވާލާ މީހުންނާއި، ގޭބަންދު މީހުން އަދި ރަށުބަންދު މީހުންގެ ރިކޯޑް ބެލެހެއްޓުމާއި މިފަދަ މީހުންނާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން

11. އިދާރާގެ ރަސްމީ ވެބުސައިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ވެބުސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން

 

މަޤާމްގެ ޝަރުތުތައް:

1-      'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2-      'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3-      މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމެންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުންން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،

 

 

 

 ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް،

ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ސިވިލްސަރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

''ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން''

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

210

100

100

 

 

 

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ސެޕްޓެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2020 ސެޕްޓެމްބަރ 20 އާއި 2020 ސެޕްޓެމްބަރ 27 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި ކައުންސިލުގެ ފޭސްބުކު ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

       

                        20 މުޙައްރަމް   1442

                        08 ސެޕްޓެމްބަރ 2020

 

 

 

                                                    ޙުސައިން ޙަބީބު ޢަލީ                                                     

                                                    ކައުންސިލްގެ ރައީސް

2020-09-08