މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/MMPRC/2020/29
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 21:52
ސުންގަޑި: 08 ސެޕްޓެންބަރު 2020 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                 ނަންބަރު:IUL)MMPRC-PRO/MMPRC/2020/29)

އިޢުލާން

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވިޝުއަލް މާކެޓިންގ މެޓީރިއަލްސް ފަދަ ތަކެތި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް 24 އޯގަސްޓް 2020 ގައި ކޮށްފައިވާ،

ނަންބަރު IUL)MMPRC-PRO/MMPRC/2020/28) އިއުލާނަށް މަޢުލޫމާތު އިތުރު ކުރުމަށް ބޭނުންވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 2020 ސެޕްޓެމްބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:30 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލްއެޑްރެސް އަށް ފޮނުވުންއެދެމެވެ.

  • ބިޑު ހުށައަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯން ނަންބަރު:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެސަބްޖެކްޓް: Bid Registration to Hire a Creative Firm for a period of 1 year

ބިޑް ރަޖިސްޓްރީ ނުކުރަށްވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/)ގައި ޝާއިއުކުރެވިފައި ވާނެއެވެ.

13 މުޙައްރަމް 1442ހ.

01 ސެޕްޓެމްބަރ 2020މ.

01 ސެޕްޓެންބަރު 2020