ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 ސެޕްޓެންބަރު 2020 10:58 ގައި ބާތިލް ކުރެވިފައެވެ.
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ މަޝްރޫއަށް ލީގަލް އެކްސްޕާޓް (އިންޑިވިޑުއަލް ކޮންސަލްޓަންޓް) އެއް ހޯދުމާބެހޭ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢަށް ޤާނޫނީ ލަފާއެރުވުމަށްޓަކައި ފުލްޓައިމް ލީގަލް އެކްސްޕާޓެއް ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން، ލީގަލް އެކްސްޕާޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ހެދުމާއި،ފެނާއި ނަރުދަމާގެ ޤާނޫނާއި ޤަވާއިދުތައް އިނގެރޭސިބަހަށް ތަރުޖަމާކުރުމާއި، ކޮންޓްރެކްޓް އެގްރީމެންޓްތަކުގެ ރިވިއުކޮށް ޑްރާޓްތައް ތައްޔާރުކުރުމާއި، މިނިސްޓްރީއިން ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާދިނުން ހިމެނެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުމަށް އެދި ދަންނަވަމެވެ.
ލީގަލް އެކްސްޕާޓް ގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތައް:
މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 25,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ކުރިން އަދާކުރެވިފައިވާ ވަޒީފާ ފެނުނު އަދި ނިމުނު މީލާދީ މަސް އެނގޭ ގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ބަލައިގަނެވޭނީ، އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ/ ޔުނިވަރސިޓީއިން ދޭ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ފުރިހަމަކޮށްފައިވާ ކޯހަކީ ވަކި ލެވެލް އަކަށް އެކްރެޑިޓް ކޮށްފައިވާ ކޯހެއް ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޭލިޔުން)
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ނޯޓު: މިލިޔެކިއުމުގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް، ޕޯޓްފޯލިއޯއެއް (އިންޓަރވިއު ޕްރެޒެންޓޭޝަން) ފޮނުވުމަށް އެންގޭނެއެވެ.
ސުންގަޑި އަދި ހުށަހެޅުން
ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' [email protected] އަށް އީމެއިލް އިން ނުވަތަ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ މިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި މަގާމުގެ ނަން، ތިރީގައިވާ އެޑްރެސް އަދި ދެވިފައިވާ ސުންގަޑި ޖަހާފައި އޮންނަންވާނެއެވެ. މެއިލުން ނަމަ މެއިލް ގެ ސަބްޖެކްޓްގައި ހުށަހަޅާފަރާތުގެ ނަމާއި ވަޒީފާ ޖަހާފައި އޮންނަންވާނެއެވެ. (އީމެއިލް ލިބުންކަމުގެ ޖަވާބެއް މިމިނިސްޓަރީއިން އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.)
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018395، 3018396
އީމެއިލް : [email protected]
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މި އިޢުލާން އާ އެއްކަރުދާސް ކުރެވި އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ3018395 , 3018396 އަށް ގުޅުއްވުން އެދެމެވެ.
31 އޮގަސްޓް 2020