ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2020/85
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 03 ސެޕްޓެންބަރު 2020 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުމަށް ކޮށްފައިވާ އިޢުލާނަށް މުއްދަތު އިތުރުކުރުން

       ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)248-ED/248/2020/81 ( 26 އޮގަސްޓް 2020 ) ގެ އިޢުލާނުގައި ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަކަފޫޓަށް ބަދަލުއައުމާއި ގުޅިގެން 600 އަކަފޫޓުގެ ބަދަލުގައި 1600 އަކަފޫޓު ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ.

       ވީމާ، ލޮނުމަސް އެޅުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން 03 ސެޕްޓެމްބަރ ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުން އެދެމެވެ.

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 އޮގަސްޓް 2020