ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2020/79
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 09 ސެޕްޓެންބަރު 2020 13:30
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް:              ޑިރެކްޓަރ       

މަޤާމުގެ ނަންބަރު:        320244

 ބޭނުންވާ ޢަދަދު:        1

ގިންތި:              ދާއިމީ

ރޭންކް:              އީ.އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:    ޑިރެކްޓަރ

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިޔުމެންޓް ސެކްޝަން     

ވަޒީފާ އަދާކުރަންޖެހޭ ތަން:   މިނިސްޓްރީ/ މާލެ

މުސާރ:             -/8835 ރުފިޔާ

ސަރވިސް އެލަވަންސް:     -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:   -/1100 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި، މިމަސައްކަތްތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޑިއަރސް އާއި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށް އަޕްޑޭޓް ކުރުން އަދި ސެކްޝަނުގެ މުވައްޒަފުން މިފަދަ ލިޔެކިއުންތަކަށް އަހުލުވެރިކުރުން
  • އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ޔުނިޓްތަށް ޒިންމާދާރުކަމާއިއެކު ހިންގާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްތަކާއި ފުރާ ދުއްވާ އުޅަނދުފަހަރާއި އިމާރާތްތަކާއި، ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ބެލެހެއްޓުން
  • މިނިސްޓްރީގެ އެސެޓް އިންވެންޓްރީތައް ޤަވާއިދުން ބެލެހެއްޓުމާއި ރިޕޯރޓް ކުރުން    
  • މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްތަކާއި ފުރާ ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ ޤަވާޢިދުން ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މިނިސްޓްރީގެ ދަށުގައިވާ އެންމެހާ އިމާރާތްތަށް ބެލެހެއްޓުމާއި މެއިންޓަނަންސްގެ އެންމެހައި މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ކުރުމަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުން
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފޯނު ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފާގޮތް ބެލުމާއި އެފަދަ ވަޞީލަތްތަކުގެ މެއިންޓެނަންސްގެ ކަންތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިގަމުންދާ ސެންޓަރުތަކަށާއި، ޕްރޮޖެކްޓް ތަކާއި ޕްރޮގްރާމްތަކަށް ހޯދޭ ތަކެއްޗާއި ހިދުމަތްތައް މާލިއްޔަތު ގަވާއިދާއި ޕްރޮކިއުމެންޓް ގަވާއިދާއި އެއްގޮތަށް ކުރިއަށްގެންދިއުން
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ސެންޓަރުތަކަށާއި ، ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަށް އަދި މިމިނިސްޓްރީ މެއިންޓަނަންސް އަށް ހޯދޭ ތަކެއްޗާއި ހިދުމަތުގެ އެއްބަސްވުންތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ތައްޔާރުކޮށް ބެލެހެއްޓުން 
  • ޤާނޫނީ ގޮތުން ދަޢުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލުމުގެ ޒިންމާދާރު ފަރާތްތަކުން ބަލަން ބޭނުންވާ ލިޔެކިޔުމުގެ ތެރެއިން ސެކްޝަނުން ހޯދަންބޭނުންވާ ލިޔުމެއް ނުވަތަ އެހެންވެސް މަޢުލޫމާތެއްވާނަމަ އެލިޔުމެއް ނުވަތަ އެމަޢުލޫމާތެއް މަޢުލޫމާތު ހިއްޞާ ކުރަންޖެހޭ އުޞޫލާއެއްގޮތަށް ޙިއްސާކުރުން.
  • މިނިސްޓްރީގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ އިދާރާތަކަށް ޤަވާއިދުން ރިޕޯޓް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި މިނިސްޓްރީގެ ބަޖެޓް ހެދުމުގެ މަރުހަލާގައި އެހީތެރިވެދިނުން.

 

 މަޤާމުގެ ޝަރުތު           

 

1-      އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ގުޅޭވަޒީފާ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން  
  • މެނޭޖްމެންޓް

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-  ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއު އަދި ޕްރެކްޓިކަލްސް  

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      "ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް"

4-      ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

6-    ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-    ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)    ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ)   އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ)    ޤައުމީ ނުވަތް ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަ ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ ޖަމާޢަތެއްކަން ބަޔާންކޮށް އެތަނުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2020 ސެޕްޓެމްބަރ 09 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތަ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަގާމުތަކަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާއްމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި [ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)] ޢާއްމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިމިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް ވާނަމަ A2 ފޯމް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު ނަމްބަރު  3339241/ 3339244 ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ [އައްޔަން ކުރުމުގެ އުޞޫލާގުޅޭ] ލިންކް (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

                                12  މުޙައްރަމް     1442

31 އޮގަސްޓް 2020