ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-M/403/2020/138
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 1041
ސުންގަޑި: 13 ސެޕްޓެންބަރު 2020 0013
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ          

      ދިވެހިރާއްޖެ         

 

 ނަންބަރ: (IUL)403-M/403/2020/138

އިޢުލާނު

ވަޒީފާގެ ފުރުޞަތު:  

         މިކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ވޭސްޓުމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރުމަށް މަސައްކަތު 2 މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

2

މަޤާމުގެ ގިންތި:

ކޮންޓްރެކުޓް އުޞޫލް ( 6 މަސްދުވަހުގެ މުއްދަތަށް )

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވޭސްޓުމެނޭޖްމަންޓް ސެންޓަރ ( ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ )

މުސާރަ:

-/3500 ރުފިޔާ

ސަރވިސް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް ސާރވިސް އެލަވަންސްގެ ގޮތުގައި -/65 ރުފިޔާ

އެހެނިހެން އެލަވަންސް:

ކައުންސިލުން މިހާރު ކަނޑައަޅާފައިވާ ގޮތުގެމަތިން އިތުރު ގަޑީގެ ފައިސާއާއި ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި:

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 4:00 އަށް (ދުވާލަކު 8 ގަޑިއިރު)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

1. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ( ދަޅު، ބިއްލޫރި، ދަގަނޑު ) ފަދަ ތަކެތި ވަކިކުރުމަށް ފަހު ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކުނިނައްތާލުމުގެ މަސައްކަތް ކުރުން

2. ކޮންމެ ދުވަހަކުވެސް ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލުން ކުނިނަގައި ނިމުމަށް ފަހު ކުނިއުފުލުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެން ސާމާނު ދޮވެ ސާފުކުރުމާއި، މަސައްކަތަށް ބޭނުންކުރި ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން

3. ކުނިއެންދުމުގައި މީހުންނަށް އުނދަގޫ ނުވާނެގޮތަށް ކުނި އެންދުމާއި، ކުނި އަންދާ ނިމުމުން އަޅިނަގާ އަންދާ އަށި ރީތިކޮށް ސާފުކުރުމާއި، ކުނި އެންދުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ސާފުކުރުން

4. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނެގުމުގައި ވީހާވެސް މީހުންގެ ތަކެއްޗަށާއި ތަންތަނަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކުނިނެގުމަށް ސަމާލުކަން ދިނުމާއި، ކުނިއުފުލާ ވެހިކަލަށް އަރަންޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ނޭރުމާއި، ވެހިކަލާއި ތަކެއްޗަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރުން

5. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކޮންޕޯސްޓް ތައްޔާރުކުރުމާއި، ކޮންޕޯސްޓް ފުރޭނުން އަދި ކޮމްޕޯސްޓު ވިއްކުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން

6. ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ކުނިކަހައި ގަސްއުފުރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ބައިވެރިވެ އެމަސައްކަތް ކުރުން

7. ވޭސްޓުމެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރަން ބޭނުންކުރާ ވެހިކަލް އަދި މެޝިނަރީސް ފަދަ އެންމެހާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން

8. ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތްތަކާއި ގުޅިގެން ކައުންސިލުން އަންގާ ގޮތެއްގެމަތިން އެމަސައްކަތްކުރުން

9. ޑްރައިވަރެއް ނެތިއްޖެ ޙާލަތެއްގައި ކައުންސިލުން އަންގާ ގޮތެއްގެމަތިން ރަށު ޕިކަޕް ދުއްވުމުގެ މަސައްކަތްކުރުން

މަޤާމްގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
  2. މިމަޤާމަށް ކުރިމަތިލާ ފަރާތަކީ ރަށު ޕިކަޕް ދުއްވުމުގެ C3,C4 ކެޓަގަރީގެ ލައިސަންސް އޮތް ފަރާތަކަށްވުން
  3. އުމުރުން 55 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން
  4. މަސައްކަތުގައި ގިނަވަގުތު އުޅެވޭ މަސައްކަތްކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ

7. ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

 

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

 

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަގާމުގެމަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

 

185

100

100

 

  • މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ސެޕްޓެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2020 ސެޕްޓެމްބަރ 16 އާއި 2020 ސެޕްޓެމްބަރ 22 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) ޢާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި  އަދި ކައުންސިލުގެ ފޭސްބުކު ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

                   11 މުޙައްރަމް 1442

                   30 އޮގަސްޓް 2020

 

                                                        ޙުސައިން ޙަބީބު ޢަލީ                                                     

                                                                ކައުންސިލްގެ ރައީސް

 

 

 

 

2020-08-30