ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2020/17
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 03 ސެޕްޓެންބަރު 2020 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮންލައިންކޮށް ހިދުމަތްދޭ ވިޔަފާރިތައް ލިސްޓްކޮށްދިނުމާއި ގުޅޭ

އޮންލައިންކޮށް ހިދުމަތްދޭ ވިޔަފާރިތައް ލިސްޓްކޮށްދިނުމާއި ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ކޯވިޑް-19 ޕްންޑެމިކްގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަޤްސަދުގައި ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިން އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫ.އެން.ޑީ.ޕީ އަޒަބައިޖާންއާއެކު ވެވުނު ޕާޓްނަޝިޕެއްގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން 'ލިސްޓިންގ ވެބްސައިޓެއް' ޑިވެލޮޕް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ވެބްސައިޓްގެ ޒަރިއްޔާއިން އެފަދަ ވިޔަފާރިތަކަށް ވެބްސައިޓްގައި ހިލޭ ލިސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ތައުލީމާއި، ސިއްހަތާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމުގެ ހިދުމަތްތަކާއި އަދި މިނޫންވެސް ގިނަގުނަ ހިދުމަތްތައް ހިމެނޭނެއެވެ. އަދި ހަމަ އެއާއިއެކު އާންމު ވިޔަފާރީގެ މާހައުލުގައި އުޅޭއިރު، މިސާލަކަށް ގަނެ ވިއްކުމުގައި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން އަގުހުރި މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މި ވެބްސައިޓްގެ އެއް މަޤްސަދެވެ. އަދި ޑިޖިޓަލް ވިޔަފާރިއެއް ފަށައިގަތުމާއި ގޭގައި ތިބެގެން ވިޔަފާރިއެއް ހިންގަން ކަންކުރަންވީގޮތުގެ އިރުޝާދުތަކާއި މައުލޫމާތުތައް ބަދަލުވަމުންދާ މާހައުލާއި، ޤާނޫނާއި ގަވާއިދުތަކަށް ރިޢާޔަތްކުރުމަށްފަހު މި ވެބްސައިޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭނެއެވެ.

ވީމާ، މިވެބްސައިޓްގައި ލިސްޓު ކުރައްވަން ބޭނުންފުޅުވާ އެންމެހާ އޮންލައިން ވިޔަފާރިތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ވެބްސައިޓް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރ މަހުގެ ތެރޭގައިއެވެ. އަދި ވެބްސައިޓް ލޯންޗް ކުރުމަށްފަހު ވެބްސައިޓް މެދުވެރިކޮށްވެސް އެފަދަ ވިޔަފާރިތަކަށް ރަޖިސްޓަރ ކުރެވޭނެއެވެ. ފުރަތަމަ ބެޗްގައި ރެޖިސްޓަރ ކުރުމުގެ ސުންގަޑި އަކީ 3 ސެޕްޓެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3 އެވެ.

ގޫގުލް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/cbtEw23RwfYSMNUt5

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

27 އޮގަސްޓް 2020