ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-PMU1/30/2020/73
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 03 ސެޕްޓެންބަރު 2020 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްގީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތަކަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:                ކޮމްޕޮނެންޓު ކޯޑިނޭޓަރ (ފިޝަރީޒް މެނޭޖްމަންޓު)

ގިންތި:                ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:           1

މުސާރާ:               12,300 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި.

 

މަޤާމުގެ ޝަރުތު:

  •  ފިޝަރީޒް ސައިންސް ނުވަތަ ފިޝަރީޒް މެނޭޖްމަންޓާއި ގުޅުން ހުރިދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލްކޮށްފައިވުން.
  •  ފިޝަރީޒް މެނޭޖްމަންޓު ދާއިރާގައި މަސައްކަތު ތަޖުރިބާ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

https://www.gov.mv/en/files/terms-of-reference-for-fisheries-management-component-coordinator.pdf

 

މަޤާމް:                ޓެކްނިކަލް ކޯޑިނޭޓަރ (މެރިކަލްޗަރ ކޮމްޕޯނަންޓް)

ގިންތި:                ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:           1

މުސާރާ:               12,300 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު:

  •  އެކުއަކަލްޗަރގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • އެކުއަކަލްޗަރގެ ދާއިރާގައި 15 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އެކުއަކަލްޗަރ އަށް ހުރި ފުރުސަތުތައް ދެނެގަތުމާއި ހޯދާ ބެލުމުގެ މަސައްކަތް އަމަލީ ފެންވަރުގައި ތަޖުރިބާ ކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 https://www.gov.mv/en/files/technical-coordinator-mariculture-component-tor.pdf

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322242  ފޯނާއި ގުޅުއްވުން އެދެމެވެ.

                                  7 މުހައްރަމް  1441

26 އޮގަސްޓް 2020