ޢާންމު މަޢުލޫމާތު
ނަންބަރު: 2020/006
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 1344
ސުންގަޑި: 20 ސެޕްޓެންބަރު 2020 1500
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ކޮމިޓީ އިންތިޙާބުކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޙާބުކުރުން

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުންދާ ދައުރު 30 ސެޕްޓެމްބަރ 2020 ގައި ހަމަވާނެއެވެ. ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އައު ދައުރަކަށް އިންތިޙާބުކުރުމަށް ބާއްވާ އިންތިޙާބީ ޖަލްސާ 26 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ޤަވާއިދުގެ ދަށުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ތިރީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

  • ޕްރެޒިޑެންޓް
  • ވައިސް ޕްރެޒިޑެންޓް
  • އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވާ 2 މެންބަރުން
  • ފަރުދީ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއް
  • ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ 4 މެންބަރެއް

އިސްވެދިޔަ މަޤާމުތަކަށް މެންބަރުން ހޮވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިގޮތުން މަތީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާން އެދިލައްވާ ބޭފުޅުން 20 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހުށައެޅުއްވުން އެދެމެވެ. މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް މައި އޮފީހުން ލިބިވަޑައި ގަންނަވާނެއެވެ. އަދި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ވެބްސައިޓްwww.maldivescricket.org   ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ކޮމިޓީގެ އިންތިޙާބު ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ. އަދި މިޖަލްސާ ބޭއްވޭނެ ތަނާއި، ގަޑި އަދި އެޖެންޑާ ފަހުން އަންގާ އިޢުލާން ކުރެވޭނެއެވެ.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ފޯން: 3325503

[email protected]

2020-08-25