ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2020/53
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 02 ސެޕްޓެންބަރު 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

އިޢުލާން

                                                                     ނަންބަރު:IUL)307/INDIV/2020/53) 

ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ:

        މިރަށު އުރީދޫ ދަނޑި ހުންނަ ސަރަހައްދުން އުތުރަށް އެ ސަރަހައްދާއި އިންވެގެން ދިރިއުޅުމަށްޓަކައި ޒާހިޔާ ޢަބްދުއްރަހީމް، ލީޒާމަންޒިލްއަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ހުރި (1 ން 6 އަށް ފެހި ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ) 06 ރުކުގެ ވެރިފަރާތްތައް ހޯދަން ބޭނުން ވެއްޖެއެވެ.

        ވިމާ، މިދެންނެވުނު ރުއްތަކުގެ ވެރިފަރާތުން 02 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

        މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

25 އޮގަސްޓް 2020