މަސައްކަތް
ނަންބަރު: FNK-I/IUL/2020/136
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 26 އޮގަސްޓް 2020 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. ހެނބަދޫ އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ:

 

އިޢުލާން ނަންބަރު:FNK-I/IUL/2020/136

 

އިޢުލާން

ނ. ހެނބަދޫ އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ:

 

            މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ނ. ހެނބަދޫ އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އަންގާ އިޢުލާނު ކުރަން ބޭނުންވާތީ ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލީމެވެ.

      ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ރަޖިސްޓްރީ ކުރުން

24 އިން 26 އޮގަސްޓް 2020

09:00 އިން 13:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

30 އޮގަސްޓް 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

01 ސެޕްޓެމްބަރ 2020

13:00 މެންދުރު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

      ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

22 އޮގަސްޓް 2020