ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2020/58
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 27 އޮގަސްޓް 2020 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

އިޢްލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ލީގަލް އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ޓޭބަލް އޮފީސް  

ބޭނުންވާ އަދަދު:

 1

ތަޢްލީމާއި ތަޖްރިބާ:

 1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

 2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

 3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތު:

 - ރައްޔިތުންގެ މަޖިލީހާށް ހުށަހެޅޭ ބިލާއި މައްސަލައާއި އެހެނިހެން ކަންކަމާގުޅޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން، އަދި މިނޫނަސް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ޙަވާލުކުރައްވާ ފަންނީ އަދި އިދާރީ މަސައްކަތްތައްކުރުން.

އުޖޫރަ:

 - މަހަކު -/10,750 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް:  23 އޮގަސްޓު 2020 އިން 27 އޮގަސްޓު 2020 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް، ނުވަތަ 27 އޮގަސްޓު 2020 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އަށް

 

ހުށަހަޅަންޖެހޭ ލިއުންތައް:   

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/storage/downloads/eJguMaaKKXXRxmsBjlrPPcYwp0VWt5jScKM1UhgO.pdf އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި (ހުށަހަޅާފައިވާ ކޮޕީ އެޓެސްޓްކޮށްފައިނުވާނަމަ، އިންޓަވިއު އަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ).
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  3032682 / 3032683އަށެވެ.

 

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

19 އޮގަސްޓް 2020