ތަމްރީނު
ނަންބަރު: (IUL)475-Schol/475/2020/125
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 31 އޮގަސްޓް 2020 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
International Anti-Corruption Academy (IACA) / Austria (re announced)

(International Anti-Corruption Academy (IACA) / Austria (re announced

 

މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2020/120 (12 އޮގަސްޓް 2020) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

 

       އޮސްޓްރިއާގައި ހުންނަ "އިންޓަރނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އައިއޭސީއޭ)" އިން ހިންގުމަށް ހަމަޖެހިފައިވާ ތިރީގައި ބަޔާންކޮށްފައިވާ 2 ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަވާފައެވެ. އަދި މިހާރު މިފުރުޞަތުގެ ޑެޑްލައިނަކީ 31 އޮގަސްޓް 2020 ކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.

 

  • (Master in Anti-Corruption Studies (MACS*
  • (International Master in Anti-Corruption Compliance and Collective Action (IMACC*

 

ވީމާ، މި ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

 https://www.iaca.int/iaca-programmes.html

 

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

18 އޮގަސްޓް 2020