މަސައްކަތް
ނަންބަރު: (IUL)475/475/2020/124
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 30 އޮގަސްޓް 2020 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް ފޮޓޯގްރަފީ އެންޑް ވީޑިއޯގްރަފީ ސާރވިސް (ލޯކަލް ފަރމް)

 

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 އިއުލާން ނަމްބަރު: IUL)475/475/2020/124)

އެކްސްޕުރެޝަން އޮފް އިންޓްރަސް ހުށަހެޅުމުގެ ދައުވަތު

"ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް ފޮޓޯގްރަފީ އެންޑް ވީޑިއޯގްރަފީ ސާރވިސް (ލޯކަލް ފަރމް)"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް ފޮޓޯގްރަފީ އެންޑް ވީޑިއޯގްރަފީ ސާރވިސް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ޓަރމްސް އޮފް ރެފަރަންސް:

މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ކުންފުނިތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް[email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ.

މަސައްކަތަށް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.

  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި މަސައްކަތާއި ގުޅުންހުރި މަދުވެގެން 5 މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިފައިވުން.
  • މިމަސައްކަތަށް ބޭނުންވާ މުހިއްމު މުވައްޒަފުން ޓީމުގައި ހިމެނޭކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރާނެއެވެ.

މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު ބަޔާންކުރާ، 2016 ޖުލައިގައި ޝާޢިއުކޮށް، 2017 ނޮވެންބަރު އަދި އޯގަސްޓު 2018 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.

 މައުލޫމާތު ދިނުން:

މިމަސައްކަތާ ގުޅޭ ގޮތުން، މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއް، 23 އޯގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ އޮންލައިންކޮށް އޮންނާނެއެވެ. މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާނަމަ، 17-22 އޯގަސްޓް2020،   1400  އާއި ދެމެދު ތިރީގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް އީމެއިލް ކުރެއްވުން އެދެމެވެ. އެއީމެއިލްގައި، ޝަޢުޤުވެރިކަން ފާޅުކުރާ ފަރާތުގެ ނަމާއި، ކަމާބެހޭ ގޮތުން ގުޅާނެ މީހެއްގެ ނަމާއި، ނަމްބަރު އަދި އީމެއިލް އެޑްރެސް އޮންނަންވާނެއެވެ. އަދި އީމެއިލްގެ ސުރުޚީގައި، To register to participate in the information session މިފަދައިން ނުވަތަ، މިނޫންވެސް މަޤްޞަދު އަންގައިދޭ ބަޔާނެއް އޮންނަންވާނެއެވެ.  މި އޮންލައިން ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ އެންމެހާ ފަރާތްތަކަށް ބައްދަލުވުމުގެ ގަޑި އަދި މީޓިންގ ލިންކު 23 އޯގަސްޓް 2020 ވަނަ ދުވަހުގެ 9:00 ގެ ކުރިން، ފޮނުވޭނެއެވެ. މައުލޫމާތު ބައްދަލުވުން ބޭއްވޭނީ 9:00 ގެ ފަހުގެ ވަގުތެއްގައެވެ.

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00  ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 7447203 / 3026975

 

ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ ކޮންސަލްޓަންޓް ކޮލިފިކޭޝަން ބޭސް ސެލެކްޝަން (ސީ.ކިޔު.އެސް) އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

17 އޮގަސްޓް 2020