ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2020/102
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 1436
ސުންގަޑި: 19 އޮގަސްޓް 2020 1330
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޗީފް ކޯޓު އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2020/102

ތާރީޚް: 10 އޮގަސްޓް 2020

މަޤާމު

ޗީފް އެޑްމިނިސްޓްރޭޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

01

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

 • ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
 • ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު
 • އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓު
 • ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
 • ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު
 • ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓު
 • ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

ޖުޑީޝަލް އެލަވަންސް:

 • ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު 2,462/25 (އަސާސީ މުސާރައިގެ %35)
 • ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު 2,462/25 (އަސާސީ މުސާރައިގެ %35)
 • ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު 2,462/25 (އަސާސީ މުސާރައިގެ %35)
 • ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު 2,462/25 (އަސާސީ މުސާރައިގެ %35)
 • ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓު 2,110/50 (އަސާސީ މުސާރައިގެ %30)
 • ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު -/1,407 (އަސާސީ މުސާރައިގެ %20)
 • އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓު -/1,407 (އަސާސީ މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން. ނުވަތަ
 2. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުން.  ނުވަތަ
 3. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

 • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓް ކޯޓުގެ ނުވަތަ އެ ކްލަސްޓަރގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 1. ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ޤަވާޢިދާއެއްގޮތަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 2. ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ކޯޓުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކަމާގުޅުންހުރި ފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 3. ކޯޓަށް ހުށަހެޅޭ މައްސަލަތައް ފަނޑިޔާރުންނާ ޙަވާލުކުރުމުގެ މަސައްކަތްކުރުން.
 4. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ތެރެއިން ޗީފް އެޑްމިނިސްޓްރޭޓަރުން ކަނޑައެޅިފައިނުވާ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، އެކޯޓުތަކުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ދޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ ޚިދުމަތްތައް އެއްގޮތްކޮށް ރާވައި ހިންގައި ބެލެހެއްޓުން.
 5.  ކޯޓުގެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 6. ޗީފް އެޑްމިނިސްޓްރޭޓަރުން ކަނޑައެޅިފައިނުވާ ކޯޓުތަކުގެ އިދާރީ ހިންގުން، ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން ސުޕަވައިޒްކޮށް، އެކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިރުޝާދު އެކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް ދިނުން.
 7. ކޯޓުތަކުގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަޝްވަރާގެ މަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
 8. ކޯޓަށް ރެކޯޑް ސާފުކުރުމަށް ހުށަހެޅޭ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް ދިނުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް އަވަސްގޮތެއްގައި ހިންގައި ބެލެހެއްޓުން.
 9. ރަސްމީ ގަޑިއާއި، ނުރަސްމީ ގަޑީގައި ކޯޓު ހުޅުވައި ލެއްޕުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
 10. ކޯޓުން ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓާއި، ފައިސާގެ ރިޕޯޓާއި، ތަފާސްހިސާބުގެ ރިޕޯޓުތަކާއި، މިނޫންވެސް ޝަރުޢީދާއިރާގެ ބޭނުމަށް ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
 11. ޝަރުޢީދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި، އަހަރީ  އެކްޓިވިޓީ ކަލަންޑަރާއި ޗުއްޓީ ކަލަންޑަރު އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
 12. ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
 13. ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ސްޓެޓިސްޓިކްސް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓުން ކަނޑައަޅާ އުޞޫލަކުން ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 14. ކޯޓުގެ ވެބްސައިޓް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މައްސަލަތަކުގެ ޝެޑިއުލް ދުވަހުން ދުވަހަށް ވެބްސައިޓްގައި ޢާއްމުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 15. ކޯޓުން ނިންމާ މައްސަލަތަކުގެ ޤަޟިއްޔާ ކޯޓުގެ ވެބްސައިޓަށް ދުވަހުން ދުވަހަށް އަޕްލޯޑްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 16. ކުށުގެ ރެކޯޑްގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކުށުގެ ރެކޯޑް ދޫކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 17. ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔޭތޯ ޗެކްކޮށް ބެލެހެއްޓުން.
 18. ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 19. ކޯޓުގެ ބެނުމަށް ހޯދިފައިވާ އުޅަނދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތު ކުރުމަށް ބޭނުންވެއްޖ ޙާލަތެއްގައި މަރާމާތުކުރުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 20. ކޯޓު ހުންނަ ޢިމާރާތުގެ ގޯތިތެރެއާއި، ކޯޓުތެރެ ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 21. ކޯޓުގެ މެއިންޓެނެސްއަށް ދުވަހުން ދުވަހަށް ބޭނުންވާ ކަންތައް ދަނެގަނެ އެކަންތައް ހައްލުކުރެވޭނެ އިންތިޒާމް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން.
 22. ކޯޓުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ޤަވާޢިދުން ރައްދުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 23. ކޯޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ، ކަމާ ގުޅުންހުރި މުވައްޒަފުންނާ ޙަވާލުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
 24. ރަސްމީގޮތުން ކޯޓުގެ ފަރާތުން ފަނޑިޔާރުންނާއި، އެނޫންވެސް ފަރާތްތަކުން ކުރަންޖެހޭ ދަތުރުތައް އިންތިޒާމްތައް ބެލެހެއްޓުން.
 25. މިނޫންވެސް، ކޯޓުގެ ޢާންމު އިދާރީ މަސައްކަތާ ގުޅުންހުރި އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.

ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 1. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުމާއި، މަޤާމުތަކުގެ އިންޓަރވިއުތަކުގައި ބައިވެރިވެ، ވަޒީފަތަކަށް އެންމެ ޤާބިލު މުވައްޒަފު ހޯދުމަށް ކުރަންޖެހޭ މަސައްކަތް  ކުރުން.
 2. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކަށް އަލަށް ހަމަޖެހޭ މުވައްޒަފުންނަށް އިންޑަކްޝަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމާއި، އިންޑަކްޝަން ޕްރެޒެންޓޭޝަން ތައްޔާރުކުރުމާއި، ޕްލޭންއާ އެއްގޮތަށް އިންޑަކްޝަން ކުރިއަށް ގެންދިއުމާއި، އެކަމާގުޅޭ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
 3. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، އެފަދަ އިންހައުސް ޓްރެއިނިންގތައް ގެންދިއުމާއި، އަދި ޖުޑީޝަލް އެކެޑަމީން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރުން.
 4. ކޮންމެ މީލާދީ މަހެއްގައި ކޯޓުގެ ފަންޑިޔާރުންނާއި، މުވައްޒަފުންނަށް މުސާރައާއި، އިނާޔަތްދިނުމަށްޓަކައި ކުރަންޖެހޭ އެންމަހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 5. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ އެންމެހައި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙު އުފައްދައި އެ ކޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 6. ކޯޓުގެ މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ދާއިރާތައް ދެނެގަނެ، ރައްޖެއިންނާއި ރާއްޖެއިން ބޭރުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ކުރިއަށް ގެންދިއުން.
 7. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ޤަވާޢިދުން ބަލައި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތު ފެންވަރު ބެލުނު މުވައްޒަފުންގެ ޕާރފޮމަންސް އެޕްރެއިޒަލް ފޯމުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
 8. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، އަދި މި ނޫންވެސް ވަޒީފާއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް އެ މުވައްޒަފުންނާ ޙަވާލުކުރެވުނުކަން ކަށަވަރުކުރުން.
 9. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މަޤާމުތަކުގެ ދަފްތަރާއި މުވައްޒަފުންގެ ދަފްތަރު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
 10. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި، މަޤާމުގެ ކުރިއެރުން ދިނުމަށް ޓަކައި ޑިޕާޓްމަންޓުން ކަނޑައަޅާ އުޞޫލަކުން އެ މަސައްކަތް ކުރުން.
 11. މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 12. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަރުވާ ކުޑަކުރާ ފަރާތްތަކަށް ޤަވާޢިދާ އެއްގޮތަށް އިސްލާޙީ ފިޔަވަޅު އެޅުމާއި، އެކަންކަމާ ބެހޭ ރެކޯޑުތައް ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 13. މުވައްޒަފުންނަށް ރެކްރިއޭޝަން ހަރަކާތްތައް ރާވައި، އިންތިޒާމްކޮށް ހިންގުން.
 14. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންގެ އިތުރުގަޑި ޗެކްކޮށް އެޕްރޫވް ކުރުމުގެ މަސައްކަތް ކުރުން.
 15. މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ ޝަކުވާގެ މައްސަލަ ތަޙްޤީޤްކޮށް ބެލުމުގެ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 16. މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
 17. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ފަނޑިޔާރުންގެ ސަލާމާއި، ޗުއްޓީގެ ކަންތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލަކުން ބެލެހެއްޓުން.
 18. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ފަނޑިޔާރުން ސަލާމުގެ ޗުއްޓީ ނަންގަވާ ޙާލަތުގައި ދާއިރާ ޙަވާލުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓުން ކަނޑައަޅާ އުޞޫލަކުން ބެލެހެއްޓުން.
 19. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުވައްޒަފުންނަށް ވަޒީފާގައި އުޅޭކަމުގެ ލިޔުން ދޫކުރުން.
 20. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުންގެ ރެކޯޑްސްތައް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
 21. ފަނޑިޔާރުންނާއި، ޑިޕެންޑެންޓުންގެ އިންޝުއަރެންސްއާ ގުޅޭ މަސައްކަތް ބެލެހެއްޓުން.
 22. ކޯޓުގެ އިދާރީ އޮނިގަނޑު ޑިޕާޓްމަޓުން ކަނޑައަޅާ އުޞޫލަކުން އެކުލަވާލުން.
 23. ކޯޓަށް އަލަށް އިތުރުކުރަންޖެހޭ މަގާމުތައް ދެނެގަނެ މަގާމު އިތުރު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
 24. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ފަނޑިޔާރުންގެ ޙާޒިރީގެ މަޢުލޫމާތު، ޑިޕާޓްމަންޓުން ކަނޑައަޅާ ފޯމެޓަކާ އެއްގޮތަށް ތައްޔާރުކޮށް، މަހަކު އެއްފަހަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

ޕްރޮކިޔުމަންޓް އަދި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 1. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކަށް ބޭނުންވާ އެކިއެކި މުދަލާއި ވަޞީލަތްތަކާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އަދި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ހޯދުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުމާއި އެ ކަންކަމަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުން.
 2. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ބޭނުމަށް ހޯދިފައިވާ ހުންނަ އެންމެހާ މުދަލުގެ ދަފްތަރު ބަލަހައްޓައި، ދައުލަތުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިން ކަނޑައަޅާ އުޞޫލާ އެއްގޮތަށް އެތަކެތި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖެއްސުން.
 3. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މުދަލާއި ވަޞީލަތްތަކުގެ ތެރެއިން، އެއެއްޗެއް ބޭނުން ކުރުމަށްޓަކައި ދައުލަތަށް ނުވަތަ އެހެންވެސް ފަރާތަކަށް ފީ އެއް ނުވަތަ އެއްވެސް އަގެއް ދައްކަންޖެހޭނަމަ އެކަން ޤަވާޢިދުން ކުރެވޭކަން ކަށަވަރު ކުރުން.
 4. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ބޭންކް އެކައުންޓްތަކާ ގުޅުންހުރި ލިޔެކިޔުންތަކުގައި ސޮއިކޮށް ހުއްދަދޭނޭ ފަރާތްތައް ކަނޑައެޅުމާއި އެކަންކަމުގެ އިންތިޒާމްތައް ހަމަޖެއްސުން. 
 5. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކަށް ނަގާ އެކިއެކި ފީތަކާއި އަދި އެހެނިހެން ގޮތްގޮތުން އެ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާއި އަދި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގާ ގޮތެއްގެ މަތީން ބަލައިގަނެ، އެފައިސާގެ ހިސާބު ބަލަހައްޓައި ކަނޑައެޅިފައިވާ ގޮތުގެމަތީން އެފައިސާއާމެދު ޢަމަލުކުރުން.
 6. ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ޢިމާރާތްތަކާއި އެހެނިހެން މުދާ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމާއި ކުރަންޖެހޭ އެންމެހައި މަރާމާތުތައް، ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން  އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، ރާވައި ހިންގުން.
 7. ކޯޓުގެ މަރާމާތާއި ގުޅޭގޮތުން އެކިފަރާތްތަކާ ޙަވާލުކުރާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަރވައިޒް ކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ބަލައި މޮނީޓަރ ކުރުމާއި އެކަންކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
 8. ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ހިސާބު ކިތާބު ބެލެހެއްޓުމާއި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން  ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން. 
 9. ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން.
 10. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގެ ތެރެއިން ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކަށް ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން  އިން ކަނޑައަޅާ ބަޖެޓާ އެއްގޮތަށް ޕްރޮގްރާމްތަކާއި ޙަރަކާތްތައް ރާވައި ޕްރޮކިޔޮމަންޓް ޕްލޭން އެކުލަވައިލުން.
 11. ބަޖެޓް ހިސާބުތައް ރެކަންސައިލްކޮށް ބެލެހެއްޓުން.
 12.  ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ މަސައްކަތްތަކަށް ބުރުލެއް އެރިޔަނުދީ ހިންގުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ދުރާލައި ދެނެގަނެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.
 13. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ޤަވާޢިދާއި ޑިޕާޓްމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޙަވާލުކުރެވިފައިވާ ކޯޓު ނުވަތަ ކޯޓުތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން.

އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް

 1. މެމްސްގެ އެޗް.އާރު މޮޑިއުލްގައި ހިމެނޭ ކޯޓުގެ މުވައްޒަފުންގެ ކަންތައްތައް ބެހެހެއްޓުމަށް ފަސޭހައަކަށް އެކުލަވާލެވިފައިވާ ރޯލްތައް ބޭނުން ކޮށްގެން މަސައްކަތް ފަށާފައިވޭތޯ ކަށަވަރުކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އިތުރުގަޑި އަދި ޗުއްޓީ އެޕްރޫވް ކުރާނެ ފަރާތްތައް ކަނޑައެޅުން.
 2. ކޮންމެ މީލާދީ މަހަކަށް ޤަވާޢިދުން ޑިއުޓީ ރޯސްޓަރ އަޕްޑޭޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
 3. މުވައްޒަފުންގެ ޗުއްޓީ އަދި ސަލާމުގެ ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 4. މުވައްޒަފުން ޤަވާޢިދުން އެޓެންޑެންސް މެޝިން ބޭނުންކުރޭތޯ ބެލުން.
 5. ޑޭޓާ އެންޓްރީ މައްސަލަތައް ދުވަހުން ދުވަހަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައިޓީ ސެކްޝަނަށް މެއިލްކޮށް ޙައްލު ކުރޭތޯ ބެލުން.
 6. ވަރިކައިވެނީގެ ރެކޯޑްސް ޤަވާޢިދުން މެމްސްއަށް އެންޓަރ ކުރަމުންދޭތޯ ބެލުމާއި ވައިޓަލް ސްޓެޓިސްޓިކްސްގެ ރިކޯޑުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 7. މެއިލް މެނޭޖްމަންޓް މޮޑިއުލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަނަށް ވަންނަ ހުރިހާ ލިޔެ ކިޔުންތައް މެމްސްއިން ބަރާބަރަށް އެންޓަރ ކުރެވޭތޯ އާއި، އަދި ބޭރުވާ ލިޔުންތަކުގައި މެމްސްއިން ނަންބަރު ޖަހާތޯ ބެލުމާއި ޤަވާޢިދުން ފިޔަވަޅު އަޅައި މައްސަލަތައް ނިންމުން.
 8. ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރ އަދި މެޝިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުންދުވަހަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.
 9. ކޮމްޕިއުޓަރ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
 10. ކޯޓުގައި ބެހެއްޓިފައިވާ އީ-ނޯޓިސްބޯޑުތައް ޤަވާޢިދުން އަޕްޑޭޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

ތަޢުލީމީ ރޮނގު

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޝަރީޢަތާއި ޤާނޫނު ދާއިރާ.

ގުޅޭ ވަޒީފާގެ ދާއިރާތައް

 1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ޕަބްލިކް އެޑްމިނިސްޓްރޭޝަން
 2. ބިޒްނަސް މެނެޖްމަންޓް ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންސް / އެކައުންޓްސް މެނޭޖްމަންޓް
 3. ޕަބްލިކް ޕޮލިސީ ، ޕޮލިސީ ޕްލޭނިންގ، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
 4. ޝަރީޢަތާޢި ޤާނޫނު، ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2020 އޮގަސްޓް 19 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340852
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

 30 ޕަސެންޓް

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5 ޕަސެންޓް

މަސައްކަތު ތަޖުރިބާ

 15 ޕަސެންޓް

ޕްރެކްޓިކަލް ޓެސްޓް

20 ޕަސެންޓް

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
 • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތައް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
 • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
 • ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
 • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
 • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
2020-08-10