ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2020/49
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 17 އޮގަސްޓް 2020 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުސަތު

މަޤާމް :އިންޓަރންޝިޕް ފުރުސަތު
ބޭނުންވާ އަދަދު :10

އިންޓަރންޝިޕް ފުރުސަތު

ބޭނުންވާ އަދަދު:

10

ބޭނުންވާ މުއްދަތު:

6 (ހައެއް) މަސްދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

ޝަރުޠުތައް:

 

  1. ދަށްވެގެން ސާނަވީ ނުވަތަ އެ އާ އެއް ފެންވަރު އިމްތިހާނެއް ނިންމާ  ފާސްވެފައިވާ ފަރާތަކަށްވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
  7. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ރިކޯޑް ފޯމް (3 މަސް ހަމަނުވާ)

އިތުރު މަޢުލޫމާތު

 

  1. އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  2. އިންޓަރންޝިޕަށް އެދޭ ފޯމު ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް [email protected] މި އީމެއިލް އިންނެވެ.
  3. މިއީ އުޖޫރައެއް ކަނޑައެޅިފައިވާ ވަޒީފާއެއް ނޫނެވެ.
  4. ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  5. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  6. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512  އީ-މެއިލް ކުރާނީ [email protected] އަށެވެ.

އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް އިންޓަރންޝިޕަށް އެދޭ ފޯމު އީ-މެއިލް ކުރަންވާނެއެވެ. އީ-މެއިލް މިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

އިންޓަވިއު އޮންނާނީ، 18 އޮގަސްޓް 2020 އާއި 21 އޮގަސްޓް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

އިންޓަވިއު ކުރާނީ ހަމައެކަނި ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ޝޯޓް ލިސްޓްކުރުން:

 

އިންޓަރންޝިޕަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އިންޓަރންޝިޕަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

18ޛުލްޙިއްޖާ 1441

08 އޮގަސްޓް 2020

08 އޮގަސްޓް 2020