މަސައްކަތް
ނަންބަރު: FNK-I/IUL/2020/127
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 11 އޮގަސްޓް 2020 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު އައު އިންޖީނުގެ އަދި އޮފީސް ޢިމާރާތް ކުރުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2020/127

އިސްލާހް - 02

އިޢުލާން

ރ.އަނގޮޅިތީމު އައު އިންޖީނުގެ އަދި އޮފީސް ޢިމާރާތް ކުރުމާއި ގުޅޭ:

     މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ދަށުން، މި ކުންފުނީގެ މުވައްޒަފުންނާއި، ކުންފުންޏާއި ގުޅުންހުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ކުންފުނިން ދަނީ ގިނަގުނަ ފިޔަފަޅުތަކެށް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ބަންދު އިޢުލާން ކުރުމާއި ގުޅިގެން މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތުގެ ރަޖިސްޓަރީ ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީހަށް ވަނީ ބަދަލު ގެނެވިފައެވެ.

ރ.އަނގޮޅިތީމުގައި މި ކުންފުނީގެ އައު އިންޖީނުގެ އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަސައްކަތަށް ބަދަލު ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލީމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް ވަނީ ތިރީގައިވާ ތާވަލާއި އެއްގޮތަށް ބަދަލުގެނެވިފައެވެ. އަދި  އަންދާސީ ހިސާބު ހުށަހެޅުން އޮއްނާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައެވެ.

 

ތާރީޚް

ވަގުތު

ބިޑް ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުން

09 އޮގަސްޓް އިން 11 އޮގަސްޓް ގެ ނިޔަލަށް

09:00-14:00

މައުލޫމާތު ސާފްކުރެވޭ އެންމެ ފަހު ތާރީޙް

16 އޮގަސްޓް 2020

14:00 މެންދުނު

އަންދާސީ ހިސާބު ހުށަހެޅުން

18 އޮގަސްޓް 2020

13:00 މެންދުރު

ނޯޓް:   ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ[email protected] އަށެވެ.

04 އޮގަސްޓް 2020