ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AA-2020/17
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:38
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިޢުލާނު

ނަންބަރު: IUL)38-AA-2020/17)

އިޢުލާނު

ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް 19 އަށް ފައްސިވާ މީހުން ގިނައީ އޮފީސް މާޙައުލުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާތީ، ތިރީގައި މިދަންވާ ފިޔަވަޅު އެޅުމަށް މި ކޮމިޝަނުން ނިމާފީމެވެ.

  1. ޢާންމު ފަރާތްތަކުން ކޮމިޝަނަށް ހާޟިރުވެ ހޯއްދަވަމުން ގެންދަވާ ޚިދުމަތްތައް މެދުކަނޑާލުން އަދި މިކޮމިޝަނުން ވަކިގޮތެއް އަންގަންދެން 2020 އޯގަސްޓް 04 އިން ފެށިގެން ކޮމިޝަނުން ދެމުންދާ ޢާންމު ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ، ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށެވެ.
  2. މި ކޮމިޝަންގެ ރަސްމީ ގަޑިއަކީ 2020 އޯގަސްޓް 04 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އެވެ.

އަދި ދަންނަވަމެވެ، މި ކޮމިޝަނުން ދެމުންދާ އެއްވެސް ޚިދުމަތެއް ލަސްވާނަމަ ނުވަތަ އިތުރު މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުނަމަ، މި ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް، ޙަސަން ޒަކަރިއްޔާ، މޯބައިލް ނަންބަރު (9867422) އަށް މެސެޖްކޮށް ދެއްވުންއެދެމެވެ. އަދި، ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް، ޢާންމު ފަރާތްތަކުން އެޙީތެރިކަމާ އެއްބާރުލުން ދެއްވުމަކީ މި ކޮމިޝަންގެ ވަރަށްބޮޑު އެދުމެކެވެ.

ވީމާ، މިކަން ޢާންކޮށް އަންގައި އިޢުލާން ކުރަމެވެ.

                               

03 އޮގަސްޓް 2020