ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-OAA/23/2020/104
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 13 އޮގަސްޓް 2020 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު އަށް 35 އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތު އަށް 35 އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތައް 29 ޖުލައި 2020 ވާ ބުދަ ދުވަހުން ފެށިގެން 10 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައި ވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި ދަރުބާރުގޭ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އޮގަސްޓް 2020 ވާ ބުދަ ދުވަހު މެންދުރު 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

08 ދުލްޛިއްޖާ 1441

29 ޖުލައި 2020