ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PRS/1/2020/ 24
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 08:45
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމާބެހޭ؛

އިޢުލާން

 

 

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމާބެހޭ؛

 

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚަކީ 01 އޮގަސްޓް 2020 ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ވީމާ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެމަތީންނެވެ.

 

  •  2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ އެޑިކްލަރޭޝަން ނިންމައި ދިނުމުގައި މި އިޞްލާޙަށް ނުބެލޭނެއެވެ.

 

  • 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގައިފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ، އެ ޑިކްލަރޭޝަން ނިންމައި ދިނުމުގައި ފަހުގެ އިޞްލާހާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

 

  • 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވުމާއެކު، އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައި ދީފައިވާނަމަ، ފަހުގެ އިޞްލާޙާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާޙުކުރެވޭނެއެވެ.

 

  • 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ރާއްޖެ އައިސް އިންވާރޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައިދީފައިވުމުން، ޑިއުޓީ ދައްކާފައިވާނަމަ، ފަހުގެ އިޞްލާޙާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާކުރުމުން ޑިއުޓީއަށް އަންނަ އުނިއިތުރާ އެއްގޮތަށް ޑިއުޓީ ދެއްކުމަށް ނުވަތަ ރިފަންޑަށް އެދުމަށް އެންގޭނެއެވެ.

 

  • 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ބޮންޑެޑް ވެއަރހައުސްއަށް ވައްދައިފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައިދީފައިވުމުން، ޑިއުޓީ ދެއްކުމަށްފަހު، 2020 އޮގަސްޓު 01 ވަނަ ދުވަހުގެ 00:00 ގެ ފަހުން ބޮންޑެޑް ވެއަރހައުސްއިން މުދާ ނެރޭނަމަ، ފަހުގެ ޑިއުޓީ ރޭޓާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާޙުކުރެވޭނެއެވެ.

 

  • 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގެ ކުރިން ބޮންޑެޑް ވެއަރހައުސްއަށް ވައްދައިފައިވާ މުދަލަށް އެވަގުތުގެ ފަހުން ޑިކްލަރޭޝަން ނިންމައިދިނުމުގައި، ފަހުގެ އިޞްލާޙާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

 

  • ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ އެއްގޮތަށް ޑިކްލަރޭޝަން ހުށަހެޅުމަށް ބޭނުންކުރާ އަސީކުޑާ  ސިސްޓަމް ކޮންފިގަރ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2020 ޖުލައި 31 ވަނަ ދުވަހުގެ 18:00 ގައި، އެ ސިސްޓަމް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެއެވެ. އަދި 2020 އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގައި އަސީކުޑާ ސިސްޓަމްގެ ޚިދުމަތްތައް އަލުން ދޭން ފެށޭނެއެވެ.

 

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެމަތީން ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގައި ޢިއުލާން ކުރީމެވެ. 

                              

 

27 ޖުލައި 2020