މަސައްކަތް
ނަންބަރު: (IUL)475/475/PMU/2020/113
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 23:11
ސުންގަޑި: 09 އޮގަސްޓް 2020 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް މަރކެޓިން ސަރވިސް ފޮރ ޖޮބްސެންޓަރ ޕޮރޓަލް

 

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

  އިއުލާން ނަމްބަރު: IUL)475/475/PMU/2020/113)

އެކްސްޕުރެޝަން އޮފް އިންޓްރަސް ހުށަހެޅުމުގެ ދައުވަތު

"ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް މަރކެޓިން ސަރވިސް ފޮރ ޖޮބްސެންޓަރ ޕޮރޓަލް"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮންސަލްޓެންސީ ފަރމް ޓު ޕްރޮވައިޑް މަރކެޓިން ސަރވިސް ފޮރ ޖޮބްސެންޓަރ ޕޮރޓަލް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ޓަރމްސް އޮފް ރެފަރަންސް:

މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ކުންފުނިތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް[email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ.

މި ކޮންސަލްޓޭޝަން ޚިދުމަތް (މީގެ ފަހުން ޚިދުމަތް) ގެ ތެރޭގައި ޖޮބްސެންޓަރ ޕޯޓަލް މާކެޓް ކުރުން ހިމެނެއެވެ. މި މަސައްކަތަށް އެއް އަހަރު ހޭދަވާއިރު، މަދުވެގެން 3 މުވައްޒަފުން ބޭނުންވާނެއެވެ.

މަސައްކަތަށް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.

  • އިވެންޓް ޕްލޭނިންގ، އަދި މާކެޓިންގ ނުވަތަ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ތަރައްޤީކޮށް ތަންފީޒު ކުރުމުގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
  • ވޭތުވެދިޔަ 5 އަހަރު ތެރޭޣައި 10 ނުވަތަ އެއަށްވުރެ ގިނަ މިބާވަތުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުން، (މިސާލަކަށް، ކެމްޕެއިން، މަގުމަތީގެ ޙަރަކާތްތައް، މަހާސިންތާ، ނުވަތަ އެކްސްޕޯ ފަދަ)
  • ޓީވީ އިޝްތިހާރު ފަދަ މާކެޓިންގ ވަޞީލަތްތައް އުފައްދައި ފޮނުވުމުގައި ޙާޞިލްކޮށްފައިވާ ކާމިޔާބީ ތަށް. 
  • ވެބްސައިޓްގައި ނުވަތަ ޗާޕު ކޮށްގެން ބޭނުންކުރާ މާކެޓިންގ އަށް ބޭނުން ކުރާ ތަފާތު ތަކެތި،  އުފެއްދުމުގެ ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުރުން، މިސާލަކަށް ވެބް ޑިސައިންކޮށް އަދި ޕުރިންޓްކުރުން ( ޗާރޓް، ޑައިގްރާމް، ވީޑިއޯ އަދި ޕޯސްޓަރ).
  • މިމަސައްކަތަށް ބޭނުންވާ މުހިއްމު މުވައްޒަފުން ޓީމުގައި ހިމެނޭކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރާނެއެވެ.

 

 

 

 

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00  ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު ބަޔާންކުރާ، 2016 ޖުލައިގައި ޝާޢިއުކޮށް، 2017 ނޮވެންބަރު އަދި އޯގަސްޓު 2018 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.

މައުލޫމާތު ދިނުން:

މިމަސައްކަތާ ގުޅޭ ގޮތުން، މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއް، 5 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 11:00 ގައި އޮންލައިންކޮށް އޮންނާނެއެވެ. މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުނަމަ،04 އޯގަސްޓް 2020ގެ 14:00 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް އީމެއިލް ކުރެއްވުން އެދެމެވެ. އެއީމެއިލްގައި، ޝަޢުޤުވެރިކަން ފާޅުކުރާ ފަރާތުގެ ނަމާއި، ކަމާބެހޭ ގޮތުން ގުޅާނެ މީހެއްގެ ނަމާއި، ނަމްބަރު އަދި އީމެއިލް އެޑްރެސް އޮންނަންވާނެއެވެ. އަދި އީމެއިލްގެ ސުރުޚީގައި، To register to participate in the information session މިފަދައިން ނުވަތަ، މިނޫންވެސް މަޤްޞަދު އަންގައިދޭ ބަޔާނެއް އޮންނަންވާނެއެވެ.  މި އޮންލައިން ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ އެންމެހާ ފަރާތްތަކަށް ބައްދަލުވުމުގެ ލިންކު 2020 އޯގަސްޓް 05 ވަނަ ދުވަހުގެ 9:00 ގެ ކުރިން، ފޮނުވޭނެއެވެ.

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 3026975

 

ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ ކޮންސަލްޓަންޓް ކޮލިފިކޭޝަން ބޭސް ސެލެކްޝަން (ސީ.ކިޔު.އެސް) އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

 

25 ޖުލައި 2020