ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2020/74
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 31 ޖުލައި 2020 20:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ރައްޔިތުންނާއި ބައްދަލްކުރުން:

 

އިހަވަންދޫ ކައުންސިލްގެ ފަރާތުން އިހަވަންދޫގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ބާއްވާ ބައްދަލްވުން 31 ޖުލައި 2020 ވަނަ ދުވަހުގެރޭ 20:30 ގައި އިހަވަންދޫ ރަށްވެހިހިޔާ ގައި އޮންނާނެއެވެ. 

ވީމާ، އިހަވަންދޫގެ ރައްޔިތުން މި ބައްދަލްވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެދި ދެންނެވީމެވެ. 

އަދި ދަންނަވަމެވެ. މި ބައްދަލްވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ. އެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި ކައުންސިލްގެ އިދާރާއަށް ދުރުވުމުން ސާފުކޮށްދެވޭނެއެވެ. 

1- ހއ. އިހަވަންދޫ ކައުންސިލްގެ 2021 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލް ރައްޔިތުންނަށް ހުށަހަޅައި ރައްޔިތުންގެ ޚިޔާލު ހޯދުން. 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

23 ޖުލައި 2020